ސުޕަރސްޓަރ ސަލްމާން ޚާންގެ ޑޮކިޔުމެންޓަރީ ސިލްސިލާ "ބެޔޯންޑް ދަ ސްޓަރ"އާ ބެހޭ އިތުރު މަޢުލޫމާތުތަކެއް އެޕްލޯސް އެންޓަރޓެއިންމެންޓްގެ ސީ.އީ.އޯ ސަމީރް ނައިރް ދީފިއެވެ. 

ސަމީރް ބުނެފައިވަނީ 'ސަލްމާން ޚާން ފިލްމްސް'އާއި 'ވިޒްކްރާފްޓް' ގުޅިގެން ސަލްމާންގެ ޑޮކިޔުމެންޓަރީ ސިލްސިލާއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ސަލްމާނާ ވެސް އެ ވާހަކަ ދެކެވިފައިވާނެ ކަމަށާއި މަޑުމަޑުން ގޮސް ދާދި އަވަހަށް ރިލީޒްކުރެވޭނެ ކަމަށް ވެސް ސަމީރް ބުނެފައިވެއެވެ. 

For streaming to be same size as TV, discipline is must: Sameer Nair |  Business Standard News
ސަމީރް ނައިރް

"ޑޮކިޔުމެންޓަރީ ސިލްސިލާގެ މަސައްކަތް ޖުމްލަ ގޮތެއްގައި މިހާރު އޮތީ ނިމިފަ! ލަސްތަކެއް ނުވެ ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭނަން" ސަމީރް ބުންޏެވެ.

ޕިންކްވިލާއާ ވާހަކަދައްކަމުން ސަމީރް މިވާހަކަތައް ދެއްކުމުން މި ސިލްސިލާ ސަލްމާންގެ އުފަންދުވަހު ރިލީޒްކުރުމުގެ ވިސްނުމެއް ގެންގުޅެންތޯ އެހިއެވެ. ޖަވާބުގައި އޭނާ ބުނީ ސީދާސީދާ ތިސުވާލަށް ދޭނެ ޖަވާބެއް ނޭނގޭ ކަމަށެވެ.

ސަލްމާންގެ "ބެޔޯންޑް ދަ ސްޓަރ"ގައި އޭނާގެ ރައްޓެހިންނާއި އަވަށްޓެރިން ވެސް ފެނިގެންދާނެއެވެ. 

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ 2023 އެޕްރީލުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ކިސީ ކީ ބާއީ ކިސީ ކީ ޖާން"އިންނެވެ. އަދި އެޔަށްފަހު ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓައިގަރ 3" ހިމެނެއެވެ.