ބޮލީވުޑް އެކްޓްރެސް އާލިއާ ބަޓް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ. ރިލާއަންސް ހޮސްޕިޓަލުގައި އާލިއާ އެޑްމިޓްކުރީ ވިހަން ކަމަށް މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. އާލިއާ އެޑްމިޓްވާން ދިޔައިރު ކާރުގައި ފިރިމީހާ، އެކްޓަރ ރަންބީރް ކަޕޫރްވެސް ވަނީ އާލިއާއާއި އެކު ހޮސްޕިޓަލަށް ގޮސްފައެވެ.

މިއަހަރުގެ އޭޕްރީލްމަހުގެ 14 ވަނަ ދުވަހު ކައިވެނި ކުރި މި ދެތަރިން ތައްޔާރު ވަމުން މިދަނީ އަލަތު ދަރިފުޅަށެވެ. އާއިލާ މެމްބަރުންނާއި ރައްޓެހިން އަދި ފޭނުން މިހާރު ތިބީ އުފާވެރި ޚަބަރެއްގެ އިންތިޒާރުގައެވެ.