އެކްޓްރެސް އާލިއާ ބަޓްއާއި އެކްޓަރ ރަންބީރް ކަޕޫރަށް އަންހެން ދަރިއަކު ލިބިއްޖެއެވެ. މިކަން ކަށަވަރުކޮށްދިނީ އާލިއާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކާއެކުއެވެ.
View this post on Instagram
ރިލާއަންސް ހޮސްޕިޓަލަށް އާލިއާ މިއަދު ހެނދުނު ގެންދިޔައިރު ކާރުގަ ރަންބީރް ކަޕޫރްވެސް ވަނީ އާލިއާއާއި އެކު ހޮސްޕިޓަލަށް ގޮސްފައެވެ.
އާލިއާ ވިހެއުމުގެ ކުރިންވެސް ރަންބީރްވަނީ އޭނާ ބޭނުންވަނީ އަންހެން ކުއްޖެއްކަމަށް ބުނެފައެވެ. މިއަހަރުގެ އޭޕްރީލްމަހުގެ 14 ވަނަ ދުވަހު މި ދެ ތަރިން ކައިވެނި ކުރުމަށްފަހު އޭގެ މާގިނަ ދުވަހެއް ނުވެ އާލިއާ ބަނޑުބޮޑުކަން ވަނީ އިޢުލާންކޮށްފައެވެ.
ފުރަތަމަ ދަރިފުޅު ލިބުމާއެކު އާއިލާ މީހުންނާ ރައްޓެހިން އަދި ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ދެމީހުންނަށް ތަހުނިޔާ ފޮނުވަމުންނެވެ.
