ރ. އުނގޫފާރު ބަނދަރުގެ ނެރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރ އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން، 41,980 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 162 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިއަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު، އެމްޓީސީސީ އާ އެ މަސައްކަތް ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިއީ 18.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
