އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަލަކް މުއްޗަލް އާއި މިއުޒިކް ކޮމްޕޯޒަރ މިތޫން ކައިވެނިކޮށްފިއެވެ. މި ދެމީހުން ކައިވެނި ކުރީ ނޮވެމްބަރު 6 ވަނަ ދުވަހު މުމްބާއީގައެވެ. ކައިވެނި ކުރިކަން ދެމީހުން އެނައުންސްކުރީ ސޯޝަލްމީޑިއާގައި ރޭ ޕޯސްޓް ކުރި ފޮޓޯތަކާއެކުއެވެ.

ޕަލަކް އާއި މިތޫން ދިމާވީ ހިންދީ ފިލްމް އާޝިޤީ 2 ގެ 'ޗާހޫން މެ ޔާ ނާ' ގެ ރެކޯޑިންގައެވެ. މިތޫން ކޮމްޕޯޒްކުރި އެ ލަވަ ކިޔާފަވަނީ ޕަލަކްއެވެ.

އޭރުން ފެށިގެން މިދިޔަ 9 އަހަރު ރައްޓެހިވެގެން އުޅުމަށްފަހު ދެމީހުން ކައިވެނިކުރިކަން އިއުލާންކުރުމާއެކު ފޭނުން އަދި އިންޑަސްޓްރީގެ ކޮލީގުން އަންނަނީ ތަހުނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.