ގަތަރު ވަރލްޑް ކަޕް ސެމީ ފައިނަލް ބަލަން އުރީދޫ އިން ފޮނުވާ 4 ފަރާތް ހޮވައިފި އެވެ.
މި ނަސީބު ލިބުނު 4 ފަރާތަކީ މަރިޔަމް ޝަބްނަމް، އަހުމަދު ޝިހާމް، ހާފިޒު ސައީދު އަދި ސޮމޮރަތަނާ ޔޮޑޭޖް އެވެ. މި ހަތަރު ނަސީބުވެރިން ސެމީ ފައިނަލް މެޗު ބަލަން ގަތަރަށް ދިއުމުގެ ހުރިހާ ހަރަދެެއް ބަލަހައްޓާނީ އުރީދޫއިން ނެވެ.
- މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް އެ ކުންފުނީގެ ހިދުމަތް ހޯދަންފަށާ ކަސްޓަމަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ނެވެ.
މިގޮތުން ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި ޕްލޭނަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން މި ޕްރޮމީޝަނުގައި ވަނީ ބައިވެރިކުރުވާފަ އެވެ.
