މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މާލެ،

 ދިވެހިރާއްޖެ

 

ނޫސްބަޔާން

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ޤައުމީ ޔުނިވަރސިޓީތަކުގެ ކައުންސިލްއަށް އަލަށް ޢައްޔަނު ކުރެވުނު މެމްބަރުންނާއި ބައްދަލު ކުރެއްވުން

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަަން ޑރ އިބްރާހިމް ޙަސަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކައުންސިލް އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންސިލްގެ ހުސްވެފައިވާ ދާއިރާތަކަށް އަލަށް ޢައްޔަނު ކުރެއްވުނު މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން ވޭއްވުނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މީޓިންގް ރޫމްގައި މިއަދު ހެނދުނު 09:00 ގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކައުންސިލްގެ ހުސްވެފައިވާ ދެ ދާއިރާއަށް ޢައްޔަނު ކުރެވުނު މެމްބަރުން

ފުރަތަމަ ދާއިރާ: ފިނޭންސް / ބިޒްނަސް / އެކައުންޓިންގް / ޓުއަރިޒަމް

ޑރ. އިބްރާހިމް ސަމީރު

ދެވަނަ ދާއިރާ: ސައިންސް / ޓެކްނޮލޮޖީ / އިންޖިނިއަރިންގ

އަލްފާޟިލް މުޙައްމަދު ރަޝީދު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނުވަރސިޓީގެ ޤާނޫނީ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އިންތިޚާބު ކުރެވުނު މެމްބަރު

އަލްއުސްތާޛް ޙުސައިން މުޙައްމަދު ޙަނީފް

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަަޔަރ އެޑިޔުކޭޝަން ޑރ އިބްރާހިމް ޙަސަން ވަނީ ހުސްވެފައިވާ ގޮނޑިތަކަށް ޢައްޔަނު ކުރެވުނު މެމްބަރުންނަށް މަރުހަބާ ދަންނަވާ، ކައުންސިލްގެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާ، ޢައްޔަނު ކުރެވުނު މެމްބަރުންނާއި ޚިޔާލު ބަދަލު ކުރައްވާފައެވެ.