ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ %86 މަސައްކަތް ވަނީ މިހާރު ފުރިހަމަ ކުރެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ސައިޓުގައި މިހާރު ކުރިއަށްދަނީ ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް ބުންޏެވެ.
މި މަޝްރޫޢަކީ 44.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
