މުޅި ދުނިޔޭގައި މަޝްހޫރުވެގެން ދިޔަ ބޮލީވުޑް ފިލްމު "ދަ ކަޝްމީރް ފައިލްސް"ގެ ޑައިރެކްޓަރު ވިވޭކް އަގްނީހޯތުރީ، އޭނާގެ ދެން އޮތް ފިލްމު ރިލީޒްކުރާނެ ތާރީޚް އިޢުލާންކޮށްފިއެވެ. 

ޙަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ހަދައިފައިވާ މިފިލްމު 11 ބަހަކުން ޑަބްކޮށްގެން ރިލީޒްކުރަން ވަނީ ނިންމައިފައެވެ. އަންނަ އަހަރުގެ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް އޯގަސްޓް 15ގައި ފިލްމު ރިލީޒްކުރަން ނިންމައިފި ކަމަށްބުނެ ވިވޭކް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ޙިއްޞާކޮށްފައެވެ. 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Vivek Ranjan Agnihotri (@vivekagnihotri)

ފިލްމުގެ ކާސްޓުން އަދި ހާމަކޮށްފައި ނުވާއިރު މިއީ ވިވޭކްގެ 9 ވަނަ ޑައިރެކްޝަން ކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ވިވޭކް ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2005 ވަނަ އަހަރު ރިލީޒްކުރި "ޗޮކްލެޓް"އާއި 2014ގައި ރިލީޒްކުރި "ޒިދް"ގެ އިތުރުން 2016ގައި ރިލީޒްކުރި "ޖުނޫނިއްޔަތު" ހިމެނެއެވެ. 

ވިވޭކް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމު "ދަ ކަޝްމީރް ފައިލްސް" ކޯވިޑް-19އާ ގުޅިގެން ރިލީޒްކުރުން ލަސްވި ހިސާބަކީ މިފިލްމަށް ހޯދަންޖެހޭ އެކިއެކި ހޯދުންތައް ހޯދަން ފެށި ހިސާބު ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މީގެ އިތުރުން އޭނާ ބުނެފައިވަނީ މީގެ ކުރިން ދުވަހަކުވެސް ފިލްމަކަށް ނުވާހާ ތައްޔާރީ މިފިލްމަށް ވާން ޖެހުނު ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ކާމިޔާބް ފިލްމަކަށް ވާނެ ކަމަށް އުންމީދުކުރާކަމެވެ. 

"ދަ ވެކްސިން ވަރ" އާއި ޖޯން އަބްރަހަމްގެ "ޠާރިޤް" ރިލީޒްކުރަން އޮތް ތާރީޚް ދިމާވާތީ ބޮކްސް އޮފީހުގައި މިއީ ވަރަށް ވާދަވެރިވާނެ ދެ ފިލްމު ކަމަށް ލަފާކުރެވެއެވެ.