ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު "އާވާރާ ޕާގަލް ދީވާނާ 2"ގެ ޑައިރެކްޓަރަކަށް އަޙްމަދު ޚާން ހަމަޖެއްސުމުން ފޭނުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ދާދި ފަހުން ކުޅުނު އެތައް ފިލްމެއް ފްލޮޕްވެގެން ދިޔުމުން އަކްޝޭ އޭނާ ދެން ނެރޭ ފިލްމަކީ ވަރަށް ކާމިޔާބު ފިލްމަކަށް ހެދުމަށްޓަކައި ވަރަށް މަސައްކަރް އެބަކުރެއެވެ. އެގޮތުން އޭނާ މިހާރު ދަނީ "އާވާރާ ޕާގަލް ދީވާނާ"ގެ 2 ވަނަ ފިލްމެއް އުފެއްދުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ. ބޭރުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި އޭނާ "އާވާރާ ޕާގަލް ދީވާނާ 2"ގެ ޑައިރެކްޓަރަކަށް އަޙްމަދު ޚާން މިހާރު ވަނީ ހަމަޖައްސައިފައެވެ. ނަމަވެސް މި ޚަބަރަކީ އަކްޝޭގެ ފޭނުން ހިތްހަމަޖެހުނު ޚަބަރަކަށް ނުވިއެވެ. 

އަކްޝޭގެ ފޭނުން މިކަމާ ހިތްހަމަނުޖެހުނު ސަބަބަކީ އަޙްމަދު ޚާން މިފަހުން އައިސް ޑައިރެކްޓްކުރާ ގިނަ ފިލްމުތަކެއް ފްލޮޕްވަމުން ދާތީއެވެ. އޭގެ ތެރޭގައި ޓައިގަރ ޝްރޮފްގެ "ބާޤީ 3"އާއި "ހީރޯޕަންތީ 2"ހިމެނެއެވެ. 

Ahmed Khan Wiki, Age, Girlfriend, Wife, Caste, Biography & More - WikiBio
އަޙްމަދު ޚާން

އަކްޝޭގެ ފޭނުން ދަނީ މިކަމާބެހޭ ގޮތުން ޓްވިޓާގައި ވާހަކަދައްކަމުންނެވެ. އެގޮތުން އަކްޝޭ، އަޙްމަދު ޚާނާއެކު މަސައްކަތް ނުކުރުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ. އަދި އަކްޝޭ ވެސް މިއަހަރު ނެރުނު ހުރިހާ ފިލްމެއް ހެން ފެއިލްވެފައިވާއިރު އެކަންތައް ރަނގަޅުކޮށް މޮޅު ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރާއިރު އަހްމަދު ޚާނަށް ޑައިރެކްޝަން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގިތް ނޫން ކަމަށް ވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. 

އަކްޝޭ އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ "ރަކްޝާ ބަންދަން"އިންނެވެ. އަދި ދާދި ފަހުން ޑިޒްނީއިން ރިލީޒްކުރި "ކަޓްޕުޓްލީ"އިން ވެސް އަކްޝޭ ވަނީ ފެނިގެން ގޮސްފައެވެ.