ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ ގޮތުން އުރީދޫއިން މި މަހުގެ 23 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އުރީދޫ ފަންރަން ވެގެންދާނީ ރައްޓަހިންނާ އާއިލާއާއެކު ދުޅަހެޔޮސިއްހަތަކަށް އުފަލާ މަޖަލާއެކު ވަގުތުކޮޅެއް ހޭދަކުރެވޭނެ ރަންއަކަށެވެ. 

މިއަހަރު އުރީދޫއިން އަލަށް ބާއްވާ ފަންރަންއަކީ މީގެ ކުރިން އުރީދޫއިން ބާއްވަމުންއައި "ކަލަރ ރަން"ގެ "އަޕްޑޭޓެޑް ރަން"އެއްކަމަށް އުރީދޫއިން ބުނެއެވެ. ކަލަރ ރަންއަށްވުރެ "ފަންރަން" މަޖާވެފަ މާބޮޑަށްވެސް ތަފާތުވާނެއެވެ. ފަން ރަންގައި ހަމައެކަނި ކުލަ ބޭނުންކުރުމުގެ އިތުރުން އޮބްސްޓެކަލްސް، ފޯމް އަދި ފެންކުލައިގެ ސަކަރާތްތައް ގިނަވެފައި އެންމެން އެކުގައި ބައިވެރިވެވޭނެ ހަރަކާތްތައް މި ރަންގެ ތެރޭގައި ހިމެނިފައިވާނެއެވެ. 

 

 

ފަން ރަންއަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ ވެސް ޖޮގްކޮށްފަ ވެސް ރޭސް ނިންމި ދާނެ އެވެ. އަދި 5 ކިލޯމީޓަރުގެ މި ރޭސްގައި ފުރަތަމަ ކިލޯމީޓަރު ނިންމުމުން ކުލަ ޖެހުމާއި ދެން އޭގެ ފަހުގަ އަންނަ ކޮންމެ ކިލޯމީޓަރަކުން އޮބްސްޓެކަލްތަކާއެކު ފެންކުލައިގެ ހަރަކާތްތައް ކުރިއަށްދާއިރު އެކުވެރި ރައްޓެހިންނާއެކު ކުލަގަދަ ސްނެޕްތައް ނުވަތަ ފޮޓޯތައް ނަގާލަން ލިބޭނެ މިއީ ރަނގަޅު ފުރުސަތެކެވެ.

މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އުރީދޫއީންވަނީ ހުޅުވާލާފައެވެ. ފަން ރަންގައި ބައިވެރިވުމަށް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ.

އުރީދޫ ފަންރޭސްގައި ބައިވެރިވުމަށް 2 ކެޓަގަރީއަކުން ފަން ކިޓުތައް ބައްލަވައިގަނެވޭނެއެވެ. އެ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭއިރު އަގަކީ 100 ރުފިޔާ އެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބެންޑާނާ ހިމެނެ އެވެ.

ދުވުމާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުންނާއި އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.