މި ޕްރޮމޯޝަން ހުޅުވާލަފައިވަނީ އޮކްޓޫބަރު މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގައި ކެބްއެމްވީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުލުމަކުން ކޮންމެ މަހަކު ނަސީބުވެރިއެއް ހޮވާނެއެވެ.
މިއީ ކެބް އެމްވީގެ އެޕްލިކޭޝަން ތައާރަފުކުރި ފަހުން އެ ސެންޓަރުގެ އެޕްލިކޭޝަން ބޭނުންކޮށްގެން ދަތުރުކުރާ ފަރާތްތަކަށް ހުޅުވާލި ދެވަނަ ޕްރޮމޯޝަނެވެ.
ފުރަތަމަ ހުޅުވާލި ޕްރޮމޯޝަނުގައި އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުކުރާއިރު ހާއްސަ ކޯޑެއް ބޭނުންކުރުމުން ފަސް ރުފިޔާގެ ޑިސްކައުންޓެއް ލިބެއެވެ. އެ ކޯޑަކީ "PROMO5" އެވެ.

ކެބް އެމްވީގެ އޮންލައިން ޓެކްސީ އެޕްލިކޭޝަން މިހާރުވަނީ ސްމާޓްފޯނުގެ ސްޓޯރުތަކަށް އައިސްފައެވެ. ދަތުރުކުރުމަށް ހަމަޖެހުނު ޓެކްސީގެ ނަންބަރާއި ޓެކްސީގެ ލޮކޭޝަންވެސް އެޕްލިކޭޝަން މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.
މިއީ ވަރަށް ފަސޭހަ އެހާމެ ރައްކާތެރި އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަން މެދުވެރިކޮށް ކޭޝްލެސް ޕޭމަންޓު ހިދުމަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް އެ ސެންޓަރުން ބުނެއެވެ.
ކެބް އެމްވީއަކީ ރާއްޖޭގައި ދެމުން ދިޔަ ޓެކްސީގެ ހިދުމަތަށް ބޮޑު އިންގިލާބެއް ގެނައި ބައެކެވެ. އަދި އެއީ ސެންޓަރު ފެށިގެން މިވީ މަދު އަހަރެއްހާ ދުވަހުގެ ތެރޭގައި އިޖްތިމާއީގޮތުން ނުހަނު ގިނަ ކަންތައްތަކެއްގައި ޝާމިލުވެ ތަފާތު މަސައްކަތްތަކެއް ކޮށްފައިވާ ސެންޓަރެކެވެ.
ދިވެހިރާއްޖޭގައި ޓެކްސީގެ ހިދުމަތައް ޓެކްނޮލޮޖީގެ ގޮތުން އިގިލާބީ ބަދަލުތަކެއް ވެސް ގެނެސްފައިވާ ސެންޓަރެކެވެ. މިގޮތުން ޓެކްސީ ބުކް ކުރާ އެޕްލިކޭޝަނަކާއި، އަދި ފޯނުން ގުޅައިގެން ބުކް ކުރިކަމުގައި ވިއަސް، ބުކިން ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޮނުވާ ހަމައެކަނި ސެންޓަރީ 'ކެބް އެމްވީ' އެވެ.
ކެބް އެމް ވީގެ ޓެކްސީތަކަކީ އެންމެ ކުރީ ޒަމާނުގައި ބޭނުންކުރި ވީ.އެޗް.އެފް ސެޓްތައް ބޭނުންކުރުން ހުއްޓާލައި ޓެކްސީގެ ހިދުމަތް މުޅިން ޑިޖިޓަލް ކޮށްލި ޒުވާނުންގެ ޓެކްސީސެންޓަރެވެ.
ކެބް އެމް ވީ އަކީ ޕްރައިވެޓް ވެހިކަލްތަކުގައި ޓެކްސީ ކުރުމުގެ ހުއްދަދިން ސެންޓަރެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ޕްރައިވެޓް ޓެކްސީތައް ކެބް އެމް ވީ އާ ވަނީ ގުޅިފައެވެ. މިހާރު 200 އަށް ވުރެ ގިނަ ޓެކްސީ މެދުވެރިކޮށް ހިދުމަތް ދެމުން ދާއިރު ޑިޖިޓަލް ޕްލެޓްފޯމްގައި ވެސް 80 އަށްވުރެ ގިނަ ޓެކްސީ ވަނީ ރަޖިސްޓާ ވެފައެވެ.
ކެބް އެމްވީގެ އެޕް ފުރިހަމަ ވެގެން އަންނަ އިރު އެޕް މެދުވެރިކޮށް ކުރުދަތުރުގެ ކާރު އަދި ސައިކަލް ޓެކްސީ އާއި ޕިކަޕުގެ އިތުރުން ހާއްސަ ހަފްލާތަކަށް ޕްރައިވެޓް އުޅަނދުތައް ބުކް ކުރުމުގެ މަގުވެސް ފަހި ވެގެން ދާނެއެވެ.
މީގެ އިތުރުން ކެބް އެމް ވީގެ ފަރާތުން ކަސްޓަމަރުންނާއި ހަމައަށް ގެނެސްދޭ އެންމެ ހާއްސަ ކަމަކީ އަންހެން ޑްރައިވަރުން ބޭނުންވާ ކަސްޓަމަރުންނަށް އަންހެން ޑްރައިވަރުން ދުއްވާ އުޅަނދުތައް ބުކް ކުރެވޭނެ ގޮތް ހަމަ ޖައްސައި ދިނުމެވެ. މި ހިދުމަތް އާންމުކުރަން ހަމަ ޖެއްސުމާއި ގުޅިގެން ގިނަ އަދަދެއްގެ އަންހެން ޑްރައިވަރުން އަންނަނީ ކެބް އެމް ވީ އާ ގުޅެމުންނެވެ. މިއީ މަގުތަކަށް ފަރިތަ ކަނބަލުންނަށް ލިބޭ ހުސްވަގުތުގައި އާމްދަނީ ހޯދުމަށް ވަރަށްވެސް ފަސޭހަ ގޮތެކެވެ.
ރައްކާތެރި އަދި އިތުބާރު ހިފޭ ޓެކްސީގެ ޚިދުމަތެއް ބޭނުންވާ ފަރާތްތަކުން ކެބް އެމް ވީ އިހްތިޔާރު ކުރަންވީ ހިދުމަތުގެ ފެންވަރު ރަގަޅުވާނެ ކަމުގެ ޔަގީންކަން އެ ސެންޓަރުން ދޭތީއެވެ.
Application link : http://onelink.to/sr4ep5
