ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސް ކާޑު ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންއެއް މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން ޑިސެމްބަރި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭއިރު، އޭގެތެރޭގައި ކޮންމެ ހަފްތާއަކު 2 މީހަކަށް 5،000 ރުފިޔާ ހިމެނެ އެވެ.
މީގެ އިތުރުން ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 2 މީހަކަށް ލަންޑަނަށް ރިޓަރން ޓިކެޓާއެކު ދަތުރުގެ ހަރަދުގެ ގޮތުގައި 1،000 ޕައުންޑް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
