2021 ވަނަ އަހަރުގެ އެންމެމޮޅު ނޫސްވެރިޔާގެ ޝަރަފް ޝިފްލީން ހޯދައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު ޝިފްލީން ހޯދީ "އަދަދު" ނޫހުގެ ނާޒިމް ހަސަން އާއި ވަގުތު ނޫހުގެ މުހައްމަދު ޔާމީން އާ ވާދަކޮށެވެ.
މޫގެ އިތުރުން އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ލިބުނީ "މިހާރު" ނޫހުގެ އާލިމް އަބްދުލްލަތީފް އަށެވެ. އޭނާ އާ ވާދަކުރީ "އަދަދު" ނޫހުގެ މުހައްމަދު އުސާމް އާއި "ދައުރު" ނޫހުގެ މަރިޔަމް އުމްނާ އިސްމާއީލް އެވެ.
އެވޯޑް ދިން އެހެން ދާއިރާތައް:
- ދެމެހެއްޓެނިވި ތަރައް ގީއާއި އިޖުތިމާއީ ދާއިރާ - މުހައްމަދު ހަމްދޫން (މިހާރު)
- ސިޔާސީ ދާއިރާ - ފަޒީނާ އަހުމަދު (މިހާރު)
- ޝަރުއީ އަދި ގާނޫނީ ދާއިރާ - އައިމިނަތު ޝަފްނާ (ދައުރު)
- ވިޔަފާރި އާއި އިގްތިސޯދީ ދާއިރާ - އަހުމަދު ނާއިފް (ދައުރު)
- ކުޅިވަރު ދާއިރާ - އައްޒާމް އަލިފުޅު (އަދަދު)
- ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ - އަހުމަދު އަލީ (ވަގުތު)
- ފީޗާ ލިޔުމުގެ ދާއިރާ - ނަޖާހް މަސްއޫދު (ދައުރު)
- ފޮޓޯ ޖާނަލިޒަމްގެ ދާއިރާ - ނިޝާން އަލީ (މިހާރު)
- ގްރެފިކްސް އެންޑް އިލަސްޓްރޭޝަންގެ ދާއިރާ - އަބްދުﷲ ޝަފީއު (އަދަދު)
އެމްއެމްސީން 2013 ވަނަ އަހަރުން ފެށިގެން ދެމުންދާ ނޫސްވެރިންގެ އެވޯޑް ނައިޓްގައި ލައިފްޓައިމް އެޗީވްމަންޓް ނުވަތަ "ހަޔާތީ އަރުތަ" އެވޯޑް ދީފައިވަނީ ޑރ. އަލީ ރަފީގާއި މަޑުލު މުހައްމަދު ވަހީދަށެވެ.
