ޑައިރެކްޓް ޑިމޮކްރަސީ ގްލޯބަލް މޯލްޑިވްސްގެ ފަރާތުން ބައިނަލް އަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަ ކުރުމަށް ވަރަށް ޚާއްސަ ވެބިނަރ އެއް ބޭއްވުމަށް ހަމަ ޖައްސައިފިއެވެ. މިދުވަހާ ގުޅިގެން މިއަހަރަށް ކަނޑައެޅުނު ޝިޔާރަކީ "އަހަރެމެންނަށް ހަމަހަމަ ކުރިމަގެއް ހޯދުމަށް އަހަރެންގެ އަޑު" މި ޝިޔާރެވެ. މާދަމާ ރޭ 8.30 ގައި ފެށުމަށް ރޭވިފައިވާ މި ޑިސްކަޝަން ގެ މޮޑެރޭޓާރ އަކީ ޑީ. ޑީ. އެމް. ޖީގެ ޔޫތު އެމްބެސެޑަރ ހައްވާ ބަލްސަމް ރިޔާޒެވެ.
މީގެ އިތުރުން ޕެނަލިސްޓުގެ ގޮތުގައި، ވިލިޖޯލީގެ ޗީފް ވޮލެންޓިއަރ މުޙައްމަދު ޝިހާބު، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. ރުކްޝާނާ އަޙްމަދު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރު، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން (އާރކް) ގެ އެގްޒެކިއުޓިވް ކޮމިޓީ މެމްބަރ މުރުޠަޟާ މޫސާ، ޑީ. ޑީ. އެމް. ޖީގެ ޔޫތު އެމްބެސެޑަރުން ކަމަށްވާ އަލީޝާ މަރްޔަމް ޝާހިދު ގެ އިތުރުން މަރިޔަމް ސާރާ ނާސިހް އަދި އިބްރާހިމް ސަނީޙް ބައިވެރިވާނެއެވެ.

އަންހެނުން ކުދިންނަށް ޚާއްސަކޮށް ފާހަގަ ކުރާ ދުވަހަކީ، މިދުވަސްވަރު އަންހެން ކުދިންނަށް ދިމާވާ ޖިންސީ ތަފާތު ކުރުންތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަކޮށް މި މައްސަލަ އާ ދޭތެރޭ މީހުން ހޭލުންތެރިކުރުމަށް ފާހަގަ ކުރެވޭ ދުވަހެކެވެ. ޑައިރެކްޓް ޑިމޮކްރަސީ ގްލޯބަލް މޯލްޑިވްސް (ޑީ. ޑީ. ޖީ. އެމް) އަކީ އަންހެނުން ކުރިއަރުވާ އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ އެކެވެ. ޑީ. ޑީ. ޖީ. އެމް ހިންގުމުގައި އިސްވެ ހަރަކާތްތެރިވަނީ ވެސް ދެ އަންހެން ކަނބަލުންނެވެ. އަދި މި ޖަމްއިއްޔާގެ ފަރާތުން ބާއްވާ ޑިސްކަޝަން ތަކުގައި މަދުވެގެން އެއް އަންހެން ޕެނަލިސްޓަކު ބައިވެރި ކުރުވުމަކީ ކޮންމެހެން މަޖުބޫރުކަމެއް ކަމުގައި ޑީ. ޑީ. ޖީ. އެމް އިން ދެކެއެވެ. ސަބަބަކީ ކޮންމެ ނިންމުމެއް ނިންމުމުގައި ވެސް އަންހެނުންގެ ބަސް ޝާމިލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑީ. ޑީ. ޖީ. އެމް އިން ގަބޫލު ކުރާތީއެވެ.
