އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން އާދީއްތަ ދުވަހު ބުނެފައި ވަނީ ދުނިޔޭގެ އިގްތިސާދީ ކުރިމަގު މިދިޔަ މަހު ލަފާކުރި ވަރަށް ވުރެ ވެސް ގޯސްކަމަށް. އެގޮތުން ފާއިތުވީ މަސްތަކުގައި ޕަރޗޭސިން މެނޭޖަރ ސާވޭތަކުގެ ނަތީޖާތައް ދައްކަނީ އިގްތިޞާދު މަހަކަށްވުރެ މަހެއް ގޯސްވަމުންދާކަމަށެވެ.
އެއީ އިންފްލޭޝަންގެ ސަބަބުން ޤައުމުތަކުގެ މަނިޓަރީ ޕޮލިސީތައް ހަރުކަށިވުމާއި، ޗައިނާގެ އިގްތިޞާދީ ކުރިއެރުމުގެ ބާރު ދަށްވުމާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ސަޕްލައިއަށް ދަތިވެ ބޯތަކެތީގެ ރައްކާތެރިކަން ނެތުމުގެ ސަބަބު ކަމަށް ބުނެފައިވެއެވެ.
އައިއެމްއެފުން މިދިޔަ މަހު ވަނީ 2023 ވަނަ އަހަރަށް ގްލޯބަލް ގްރޯތް ލަފާކުރި މިންވަރު ކުރިން ލަފާކުރި 2.9 ޕަސެންޓުން 2.7 ޕަސެންޓަށް ދަށްކޮށްފަ އެވެ.