ކ. ކަނޑު އޮތް ގިރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި އެވެ.

އެމްޓީސީސީ އިން ބުނީ މި މަސައްކަތް މޮބިލައިޒް ކުރީ ނޮވެމްބަރ 13 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރާނެ އެވެ. އަދި 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާ، 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުން 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާ، ހާބަރ ޕޭވްމަންޓް ހަދާ، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މި މަޝްރޫޢަކީ 36.13 މިިލިއަން ރުފިޔާގެ މަޝްރޫއެކެވެ.