އައިޖީއެމްއެޗް ކައިރީ ބީއެމްއެލް އޭޓީއެމް ކުރިމަތީ އޮންނަ ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޯޅީގެ މެދުގައި ހުންނަ ދަ އޯކްވުޑް ކެފޭ އެންޑް ލައުންޖަކީ، ދާއިރާގަ 20 އަހަރުގެ ތަޖުރިބާހުރި ދިވެހި ޝެފެއްގެ، މީރު ޑިޝްތަކުގެ އިތުރުންވެސް، ވަރަށް ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ޔުނީކް ތަނެކެވެ. އެގޮތުން މި ތަނުގައި ކަރޯކޭ/މޫވީ/ގޭމް ނައިޓް ނުވަތަ ސެލްބްރޭޝަންތައް ބާއްވަން 10-12 މީހުންގެ ޖާގައިގެ ދެ ޕްރައިވެޓް ރޫމް ހުރެއެވެ.

(ފޮޓޯ: ދަ އޯކްވުޑްގެ ޕްރައިވެޓް ރޫމް)

ޕްރައިވެޓް ރޫމްތަކުގެ އިތުރުން މިތަނުގައި ހުންނަ 20-30 މީހުންގެ ޖާގައިގެ ލައުންޖް އޭރިއާވެސް އުފަންދުވަހުގެ ޕާޓީ ފަދަ ތަފާތު އެކި ސެލެބްރޭޝަންތައް ބާއްވަން ދޫކުރާއިރު، ތަނުގެ މެނޫއިން ބޭނުން އައިޓަމްތައް ހިމަނައިގެން ބުފޭވެސް ޖަހައިދެއެވެ. ޕްރައިވެޓް ރޫމްތަކާ ލައުންޖެވެސް ގަޑިއިރަކަށް އަގުނަގާ އުސޫލުން ދޫކުރާއިރު، ޕްރައިވެޓް އިވެންޓަކަށް ބުކްކޮށްފަ ނެތިއްޔާ، ވޯލްކް-އިން ކަސްޓަމަރުންނަށް ލައުންޖް އޭރިއާ ހުންނާނީ ހުޅުވާލެވިފައެވެ. މަޤްޞަދަކީ ހެޔޮ އަގެއްގައި އާއިލާ ނުވަތަ ރައްޓެހިންނާއެކު އައިސް، މީރު ކާތަކެއްޗާއެކު، އަރާމު އަދި ހިތްގައިމު މާހައުލެއްގަ، މަޖާ ވަގުތުތަކެއް ހޭދަކޮށްލާނޭ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމެވެ.

(ފޮޓޯ: ދަ އޯކްވުޑްގެ ލައުންޖް)

ދަ އޯކްވުޑް ކެފޭ އެންޑް ލައުންޖްގެ ހުރިހާ މުވައްޒަފުންނަކީވެސް، ޚާއްސަކޮށް އެފްއެންޑްބީ އަދި ކަސްޓަމަރ ސަރވިސްގެ ދާއިރާއިން، ފުރިހަމަ ތަމްރީނު ލިބިފައިވާ މުވައްޒަފުންނެވެ. މުވައްޒަފުން ތަމްރީނުކޮށްދީފައިވަނީ 12 އަހަރުގެ ތަޖުރިބާ ހުރި ޓްރެއިނަރެކެވެ. 26 އޯގަސްޓްގައި ހުޅުވި މިތަނުން، އެންމެ ބޮޑު އިސްކަމެއްދެނީ ކަސްޓަމަރުންނަށް ރަނގަޅު، ކޮލިޓީ ޚިދުމަތެއް ދިނުމަށެވެ. ދަ އޯކްވުޑް ކެފޭ އެންޑް ލައުންޖް ހުޅުވީވެސް، އެ ސަރަޙައްދުގައި ރަނގަޅު ފެންވަރެއްގެ ރެސްޓޯރެންޓެއް ނެތުމާއެކު، ކައިރި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން (ޓީ/ލަންޗް) ބްރޭކް ގަޑިތަކުގައި، އަދި އެނޫނަސް އެ ސަރަޙައްދުގައި ދިރިއުޅޭ އާއްމުން އެކި ގަޑިތަކުގަ ގޮސް ކޮފީއެއްބޯލާ ކާލާ ހިތްހަމަޖައްސާލާނެ ހިތްފަސޭހަ މާހައުލެއް މުހިއްމުކަމަށް ދެކިގެންނެވެ.

(ފޮޓޯ: ދަ އޯކްވުޑް ކެފޭ އެންޑް ލައުންޖްގެ ފްރަންޓް އަދި ލޮކޭޝަން)

ހެނދުނު 07:00 އިން ރޭގަނޑު 01:00 އަށް ހުޅުވާފަ ހުންނަ ދަ އޯކްވުޑް ކެފޭ އެންޑް ލައުންޖްގެ މެނޫގައި އާއްމުކޮށް ދިވެހިންނަށް އެންމެ ކަމުދާ އެންމެ މީރު އައިޓަމްތައް ވަނީ ހިމެނިފައެވެ. ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލު ޑިޝްތަކުގެ ތެރޭގައި އުޅެނީ މޮންގޯލިއަން ރައިސްއާއި ތަފާތު ފްރައިޑް ރައިސްތަކެވެ. އަދި ޝެފްގެ އަމިއްލަ ރެސިޕީއަކަށް ތައްޔާރުކުރާ ސައިޑް ޑިޝް، ޑްރެގަން ޗިކަންއަކީވެސް ވަރަށް ޑިމާންޑް ބޮޑު އައިޓަމެކެވެ.

ތަފާތު އެކި މުނާސަބާތަކާ ގުޅުވާލާ، ދަ އޯކްވުޑްގެ މެނޫއަށް ޚާއްސަ އައިޓަމްތައްވެސް އަންނަނީ ތައާރަފުކުރަމުންނެވެ. އެގޮތުން ނޮވެމްބަރަގަރ ފާހަގަކުރުމުގެ ގޮތުން ދަ އޯކްވުޑްގެ ޝެފްވަނީ ޚާއްސަ ބަރަގރއެއް މެނޫއަށް އެޑްކޮށްފައެވެ. އަޅުގަނޑު އޯކްވުޑަށް ފުރތަމަ ދިޔައީ މިދިޔަ ބުދަދުވަހުގެ ރޭގައެވެ. ގޮސް ކެއީ މި ބަރގަރއެވެ. އަސްލުވެސް ވަރަށް މީރެވެ. މި ނޮވެމްބަރު މަހު މިތަނަށް ދަންޏާ ކޮންމެހެންވެސް މި ބަރގަރ ޓްރައިކޮށްލަށްޗެވެ.

(ފޮޓޯ: ނޮވެމްބަރގަރ ފާހަގަކުރުމަށް ދަ އޯކްވުޑްގެ ޝެފް ތައްޔާރުކޮށްފައިވާ ޚާއްސަ ބަރގަރ)

ތިރީގައިއެވާ ކިއުއާރް ކޯޑަކީ ތީރުގެ ކިޔުންތެރިންނަށް ޚާއްސަކޮށްފައިވާ ޑިސްކައުންޓް ކޯޑެކެވެ. ދަ އޯކްވުޑަށް ގޮސް އާޓިކަލް ހުޅުވާލާފަ މި ކިއުއާރް ކޯޑު ދައްކާލުމުން ބިލުން 5 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ. ނޮވެމްބަރު 19 އިގެ ނިޔަލަށް މި ކޯޑު ބޭނުންކުރެވޭނެއެވެ.

(ފޮޓޯ: ޑިސްކައުންޓް ހޯއްދެވުމަށް މި ކިއުއާރް ކޯޑު ވެއިޓަރަށް ދައްކަވާ)

ޑައިން-އިން ޚިދުމަތުގެ އިތުރުން މިތަނުން ޑެލިވަރީ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ. ޑެލިވަރީ އޯޑަރު ދިނުމަށާ ޕްރައިވެޓް ރޫމްތަކާއި ލައުންޖް އޭރިއާ ބުކް ކުރުމަށް 7918889 އަށް އެސްއެމްއެސް/ވައިބަރ މެސެޖެއް ކޮށްލާށެވެ. ނުވަތަ ގުޅުލާށެވެ. މީގެ އިތުރުން ފޭސްބުކް އަދި އިންސްޓަގްރާމުން (oakwood.mv@) އަށް ޑައިރެކްޓް މެސެޖް ކޮށްގެންވެސް ކޮންޓެކްޓް ކުރެވޭނެއެވެ.

(ފޮޓޯ: ދަ އޯކްވުޑް ކެފޭ އެންޑް ލައުންޖުން ލިބެންހުރި ބައެއް އައިޓަމްތައް)