އެންމެ ފަހުން "ވިކްރަމް ވޭދާ"ގައި ފެނިގެންދިޔަ ބޮލީވުޑް ތަރި ރިތިކް ރޯޝަން އޭނާގެ ދެން އޮތް ފިލްމު "ފައިޓަރ"ގެ ޝޫޓިންގ ފަށައިފިއެވެ. 

ފިލްމުގެ އަންހެން ލީޑްރޯލުން ދީޕިކާ ޕަދުކޯން ފެނިގެންދާނެ މި ފިލްމުގެ ޑައިރެކްޓަރަކީ، ޓައިގަރ ޝްރޮފާއި ރިތިކް އެކީގައި މަސައްކަތްކުރި ފިލްމު "ވަރ"ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ. ފިލްމުގެ މުހިންމު އެހެން ރޯލަކުން އަނިލް ކަޕޫރު ވެސް ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. 

ފިލްމުގެ ޕްރޮޑަކްޝަން ސްޓޫޑިއޯ ކަމަށްވާ 'މާފްލިކްސް ޕިކްޗަރޒް'އިން ވަނީ ފިލްމުގެ ޝޫޓިންގ ފެށިއްޖެ ކަމަށް އިޢުލާންކޮށް އިންސްޓަގްރާމުގައި ޕޯސްޓެއް ވެސް ކޮށްފައެވެ. 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by MARFLIX (@marflix_pictures)

މި ފިލްމަކީ ބޮލީވުޑްގެ ފުރަތަމަ އެއަރިއަލް/އެކްޝަން ފިލްމެވެ. އަދި މިއީ ޑައިރެކްޓަރު ސިދާތު، ރިތިކާއެކު މަސައްކަތްކުރާ 03 ވަނަ ފިލްމެވެ. އެއީ މީގެ ކުރިން ރިތިކްގެ "ބޭންގް ބޭންގް"އާއި "ވަރ"ވެސް ޑައިރެކްޓްކުރީ ސިދާތު އާނަންދު ކަމަށްވާތީއެވެ. އަދި ހަމައެހެންމެ މި ފިލްމު ވެގެންދާނީ ރިތިކް ދީޕިކާއާއެކު ސްކްރީނުން ފެނިގެންދާ އެންމެ ފުރަތަމަ ފިލްމަށެވެ. 

"ފައިޓަރ" ރިލީޒްކުރަން ހަމަޖެހިފައިވަނީ 2024ވަނަ އަހަރުގެ ޖަނަވަރީ 25ގައެވެ. މަހެއްހާ ދުވަސް ކުރިން ރިތިކް ވަނީ ބެލުންތެރިންނަށް މިކަން ކަށަވަރުކޮށްދީފައެވެ. 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Hrithik Roshan (@hrithikroshan)