އެސްޓީއޯގެ "ޔަރ އެންޑް ސޭލް" މިއަދު ފަށައިފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މި އަހަރު ކުރިއަށްގެންދާ އެންމެ ބޮޑު ސޭލް ފަށާފައިވަނީ އެ ކުންފުނިން ކުރިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތަކަށް ވުރެ ބޮޑު ޑިސްކައުންޓާއި އިނާމު ލިބޭ ޕްރޮމޯޝަނެއްގެ ގޮތުގަ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ އިން ވިއްކާ ހުރިހާ ބާވަތެއްގެ މުދަލުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މާލެއާއި އަތޮޅުތަކުގައި ހިންގާ އެސްޓީއޯ ފިހާރަތަކުގައި ވެސް މި ޕްރޮމޯޝަން މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަނުގައި ޚާއްސަ ލަކީޑްރޯއެއްވެސް ކުރިއަށްދާނެ އެވެ. ލަކީޑްރޯއިން އެއްވަނައަށް ހޮވޭ ނަސީބުވެރިޔަކަށް 64 އިންޗީގެ ޓީވީއަކާއި ސައުންޑް ސްޕީކަރ ސިސްޓަމެއްގެ އިތުރުން ރެފްރިޖަރޭޓަރެއް ލިބޭނެ އެވެ. އަދި ދެވަނަ އިނާމަކަށް 15،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭއިރު، ތިންވަނަ އިނާމަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް ލިބޭނެ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގެ އިތުރުން އެސްޓީއޯގެ ވޯލްޑް ކަޕް ޕްރޮމޯޝަން "'ހޭވައްލާ ތައްޔާރު"ވެސް ކުރިއަށް އެބަގެންދެ އެވެ. މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުން ކުރާ 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭއިރު އޭގެ ތެރެއިން އެއްވަނައަށް ހޮވޭ ނަސީބުވެރިޔަކަށް އެންމެ ފަހުގެ އައިފޯން 14 ޕްރޯ މެކްސްއެއް ދޭން ވަނީ ނިންމާފަ އެވެ.
