ވާލްޑްކަޕް 2023ގެ ފޯރި ރާއްޖޭގައި އިތުރުކޮށް ހުރިހާ އެންމެންނަށްވެސް ވޯލްޑްކަޕްގެ ފޯރީގައި ބައިވެރިވެވޭނެހެންގިނަ އިންތިޒާމްތަކާއެކު އުރީދޫ ފުޓްބޯޅަ ފޯރި ލޯންޗުކޮށްފިއެވެ.
އުރީދޫ ފުޓްބޯޅަ ފޯރި ލޯންޗު ކުރުމަށް މިއަދު މަންހަޓަން ހޮޓެލްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ، މި ފަހަރުގެ ވޯލްޑްކަޕް ހުރިހާ އެންމެނަށްވެސް ފަސޭހައިން ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، އުރީދޫ އަދި މީޑިއާނެޓުން އޮފަރތަކެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އުރީދޫއާއި މީޑިއާނެޓުން ގުޅިގެން 250ރ. އަށް އެއް މަސް ދުވަހަށް 100 ޖީބީ ޑޭޓާއާ އެކު އެއް މަސް ދުވަހުގެ އެމްއެސްޓީވީގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ ހާއްސަ އޮފަރއެއް ވަނީ ތައާރަފް ކޮށްފައެވެ.
ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނިޔާޒުވިދާޅުވި، މިފަހަރަކީ ރާއްޖެއާމިހާކައިރިން ވާލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރަަށްވެފައި ގަތަރަކީ ރާއްޖެއާ ދެމެދު ފަސޭހައި ދަތުރުފަތުރުކުރެވޭ ގައުމަކަށް ވާތީ ރާއްޖެއިން ގަތަރަށް ވާލްޑްކަޕް ބެލުމަށް ދާ މީހުންނަށް ހާއްސަކޮށްގެން ރޯމިން ޑޭޓަ ޕްކޭޖެއް ތައާރަފްކޮށްފައިވާކަމަށެވެ. އަދި އެ ޕެކޭޖުގެ ދަށުން 1000ރ. އަށް އެއް ޓީބީގެ ރޯމިން ޑޭޓާ ލިބޭނެކަމަށް ނިޔާޒް ވިދާޅުވިއެވެ.
ވޯލްޑްކަޕާއި ގުޅިގެން އުރީދޫއިން ހިންގަންހަމަޖެހިފައިވާ އިތުރު ކަންކަމުގެ ތެރޭގައި "ގޯލްއާރް" އެޕް އާއެކު ޕާޓްނާޝިޕު ހަދައި ވޯލްޑްކަޕް ސްކޯ ދިމާކުރުމުގެ ކުރުމުގެ ފުރުސަތު ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ. އަދި އެ އެޕު މެދުވެރިކޮށް ސްކޯ ދިމާކުރާ ކަސްޓަމަރުންގެ ތެރެއިން ޓޮޕް ސެވަން އަށް ދާ ފަރާތްތަކަށް، އައިފޯން 14 އާއި ސީ ގިއާގެ އަގުހުރި އިނާމުތަކަކާއި ރިސޯޓު ދަތުރެއް ވެސް ހުށަހަޅާފައިވާ ކަމަށް ވެސް އުރީދޫއިން މައުލޫމާތުއެވެ.
އެ ބައްދަލުވުމުގައި ވޯލްޑްކަޕްގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެފައިވާ މީޑިއާނެޓުގެ ހެޑް އޮފް ވޯލްޑްކަޕް މެނޭޖަރު، ޒިހުނީ ރަޝީދު ވިދާޅުވީ، މީޑިއާނެޓުން ވޯލްޑްކަޕުގެ ޒަމާންވީ ފޯރި ދެމެހެއްޓުމުގެ ގޮތުން އާއިލާ އާއި އަވަށްޓެރިންނާ އެކު، ބޮޑު ސްކްރީނުގައި މެޗުތައްބެލުމުގައި އެއްވެސް ހުރަހެއްނެތްކަމަށާއި، ނަމަވެސް ފީފާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ފައިސާ ނަގައިގެން އެކަން ނުކުރެވޭނެކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ އުރީދޫއިން ވޯލްޑްކަޕަށް ރާއްޖޭގައި އޮތް ފޯރި އިތުރުކުރުމުގެ ގޮތުން މި އަހަރުގެ ވޯލްޑްކަޕްގެ އޮފިޝަލް ލަވަ އާއި އެއް ބީޓަކަށް ވޯލްޑްކަޕް ލަވައިގެ ދިވެހި ވާޝަން ނެރެފައެވެ.
