ޗުއްޓީ ހޭދަކުރުމަށް އެހެން ގައުމުތަކަށް ދަތުރުކުރުމާއި، އެދަތުރުތަކުގައި ލިބޭ ޚިދުމަތަށް އެންމެ އެކަށޭނަ އަދަދަކަށް ޚަރަދު ކުރުމަކީ ގިނަބަޔަކު އިސްކަންދޭނެ ކަމެކެވެ. އަހަރެއްގެ ތެރޭގައި އެއްކުރާ ފައިސާއިން ޗުއްޓީއަށް ޚަރަދު ކުރާ އިރު އެ ޚަރަދާއި އެއްވަރުގެ ހިތްހަމަ ޖެހުމެއްލިބި އާ ތަންތަން ފެނި ކުރިން ނޭނގޭ ކަމެއް ދަސްވެއްޖެނަމަ ޗުއްޓީގެ މަޤްޞަދު ޙާޞިލްވީއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ ހުޅުވާލެފިފައިވާ ބަޖެޓުތަކުން ޗުއްޓީއަށް ޚަރަދު ކުރެވޭނެ ގާބިލް މީހުނަށް ނުވާތީ މިއަދު މި ގެނެސްދެނީ، ފަތުރުވެރިންގެ ޗުއްޓީތަކަށްފަހު އެމީހުންގެ ދީފައިވާ މައުލޫމާތުގެ އަލީގައި ހެދިފައިވާ ލިސްޓެކެވެ. އެންމެ އަގުހެޔޮކޮށް ހިތްފަސޭހަ ޗުއްޓީއެއް ހަދާލެވޭނެ 7 ގައުމެވެ. ނަމަވެސް އެންމެ އަގުހެޔޮ ގައުމަކަށްވާނީ އެމީހަކު ހުރި ގައުމަކުން މި މަންޒިލުތަކަށް ދިއުމަށް ބޭނުންވާ ފްލައިޓް ޓިކެޓްގެ އަގުވެސް ހިމެނުމުން އެންމެ ހެޔޮ ގައުމެކެވެ. ލިސްޓުގައި ދީފައި އެވަނީ ހުރުމާއި ކެއުމަށް ހޭދަވާނެކަމަށް ބެލެވޭ އަދަދެވެ.
-
ކޮލަމްބިޔާ – އެވްރެޖްކޮށް މީހަކަށް ދުވާލަކު 28 ޑޮލަރު

ކޮލަމްބިއާއަކީ އެގައުމުގައި ހިނގާ ކޮކޭންގެ ވިޔަފާރީގެ ސަބަބުން ބަދުނާމް ވެފައިވާ ގައުމެއް ނަމަވެސް މިދިޔަ އަހަރު ތަކުގެ ތެރޭގައި މިކަމަށް ބޮޑު ބަދަލެއް އައިސް މި ގައުމަކީ ފަތުރުވެރިންގެ ހިތްތަކުން ޖާގަހޯދަމުން އަންނަ ގައުމަކަށްވަނީ ވެފައެވެ. އެގައުމުގެ އެންމެ ބޮޑު ޑްރަގް ޑީލަރުކަމަށްވާ ޕެބްލޯ އެސްކޮބާރގެ ސިޓީ މެޑެލިންއަކީ މިހާރު މުޅިން އާ ސިޓީއަކަށް ވަނީ ބަދަލުވެފައެވެ. މާމެލާމެލީގެ ވައްތަރުތަކުން އެއްވަސްވެފައިވާ ވާދީތަކުގެ މަތިން ދަތުރުކުރުމަށް ކޭބަލް ކާރުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. ދުވަސްވީ ކިއްލާތަކާއި ގަނޑުވަރުތައް ވަނީ އަލުން އާބާތުރަ ފިލުވާ މަރާމާތުކޮށްފައެވެ. އަސާރީތަންތަނާއި ގުދުރަތީ ރީތިކަން ބަލަން ޝައުގުވެރިވާ ފަރާތްތަކަށް މިއީ ރަގަޅު މަންޒިލެކެވެ.
-
ކެމްބޯޑިޔާ - އެވްރެޖްކޮށް މީހަކަށް ދުވާލަކު 34 ޑޮލަރު

ކެމްބޯޑިޔާ އަކީ އާސާރީ ބިނާ ތަކާއި ތާރީޚަށްޓަކައި ޙިމާޔަތް ކުރެވިފައިވާ ބިނާތަކުން ފުރިފައިވާ ގައުމެކެވެ. މީގެ އިތުރުން މީރު ކެއުމާ ވަށައިގެންވާ ނަލަ ކަމުގެ އިތުރުން މި ގައުމުގެ މީހުންނަކީ ވަރަށް ހިތްހެޔޮ އަދި މެހެމާންދާރީ އަދާކުރުމުގައި އަރާތިބި ބައެކެވެ. މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ކެމްބޯޑިޔާގެ ފަތުރުވެރިކަމަށް އެދެވޭ ބޮޑު ބަދަލެއް އައިސްފައި ވީ ނަމަވެސް އިތުރަށް ފަތުރުވެރިކަން ފުޅާކޮށް ގިނަ ބަޔަކަށް މިގައުމު ތަޢާރަފް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ޖަންގަލީގައި ޓްރެކްކުރުމުން ފެށިގެން މީހުންމަދު ސަރަހައްދުތަކުގައި ސައިކަލު ދުއްވުން އަދި ހޮޓްއެއަރ ބެލޫންގައި މަތިން މިގައުމުގެ ރީތިކަން ބަލާލުން އެއީ އުމުރަށް ރައްކާކުރެވޭނެ ހަނދާނެކެވެ. ކެމްބޯޑިޔާ އާއި ބޯޑަރު ހިއްސާ ކުރާ ތައިލެންޑް، ލާއޯސް އަދި ވިއެޓްނާމަށް އެއްގަމު މަގުން ދަތުރު ކުރެވުމަކީ ޗުއްޓީ އިތުރަށް ފުރިހަމަ ކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ.
-
ޖޯޖިޔާ - އެވްރެޖްކޮށް މީހަކަށް ދުވާލަކު 17 ޑޮލަރު
ތުރުކީ ކައިރިން ކަޅުކަނޑުގައިވާ ޖޯޖިޔާއަކީ ކުރިން ސޮވިއެޓް ހަނގުރާމައިގައި ހަލާކުވެފައިވާ ގައުމެކެވެ. ނަމަވެސް ފަތުރުވެރިކަން ކުރިއަރުވަން ކުރަމުންދާ މަސައްކަތުގެ ސަބަބުން މިއީ ގިނަ ބަޔަކު އެންމެ ދާން ބޭނުންވާ ލިސްޓުގެ ކުރީގައި ހިމެނޭ ގައުމެކެވެ. ޖޯޖިޔާ ފާހަގަ ކުރެވެނީ އެގައުމުގެ ރީތި ފަރުބަދަތަކާއި، ފުރިހަމަ ދަތުރުފަތުރުގެ ނިޒާމް އަދި މީރު ކެއުމުގެ އިތުރުން އަގުހެޔޮ ހޮޓާތަކުގެ ސަބަބުންނެވެ.
-
ނޭޕާލް - އެވްރެޖްކޮށް މީހަކަށް ދުވާލަކު 25 ޑޮލަރު

ފަރުބަދަ ތަކާއި، ވާދީތަކާ އާބާދުވަމުން އަންނަ އަވަށްތައް ދެކެލަން ބޭނުންވާ މީހުން ދާންވީ ގައުމަކީ ނޭޕާލެވެ. މިއީ ހަމައެކަނި ޖެހިލުމެއް ނެތި ފަރުބަދައަށް އަރަން ބޭނުންވާ މީހުން ދާންވީ ގައުމެއް ނޫނެވެ. ހިތްގައިމު މޫސުމެއްގައި ސައިފަތް ދަނޑުތަކުގެ މެދުގައި ހިނގާލަން ބޭނުންވާ މީހުނަށްވެސް ނޭޕާލް މަރުހަބާ ކިޔައެވެ. މިހެން އުޅުމުގެ ތެރޭގައި މީސްމީހުނާ ދިމާވެ ރަޙްމަތްތެރިކަން އުފުދުމަކީވެސް ހަމަ ވަރަށް ގިނައިން ވާ ކަމެކެވެ. މާނައަކީ މިގައުމުގެ މީހުންނަކީ މީހުންނާ ގުޅޭ ހިތްހެޔޮ ބައެކެވެ.
-
ބޮލީވިޔާ - އެވްރެޖްކޮށް މީހަކަށް ދުވާލަކު 27 ޑޮލަރު

ބޮލީވިޔާއަކީ އެގައުމު އުފެދިފައި އޮތް ގޮތާއި މޫސުމުގެ ސަބަބުން މީހުންގެ ހިތުން ޖާގަ ހޯދިގައުމެކެވެ. މިގައުމުގެ އެންމެ ރީތި ތަނެއްގެ ގޮތުގައި ބެލެވެނީ 4000 އަކަމޭލަށް ފެތުރިފައިވާ ލޮނު ހިމެނޭ ސަރަހައްދެކެވެ. މިއީ މިފަދަ އެންމެ ބޮޑު ފްލެޓެއެވެ. އަދި ކަނޑުގެ ސަތަހައިން އެންމެ މަތީގައިވާ ކުޅިވެސް އޮންނަނީ މިގައުމުގައެވެ. މިއީ ތަފާތު ތަންތަން ބަލާލަށް ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިންމު މަންޒިލެކެވެ.
-
އަރްމީނިޔާ - އެވްރެޖްކޮށް މީހަކަށް ދުވާލަކު 27 ޑޮލަރު

އަރްމީނިޔާއަކީ ތުރުކީ އަދި އާޒަރބައިޖާންގެ މެދުގައި އޮންނަ ކުޑަކުޑަ ގައުމެކެވެ. މިއީ ފަރުބަދަތަކާއި ވާދީތަކުން ފުރިފައިވާ ގައުމެކެވެ. ހިތްގައިމު މޫސުމެއް އޮންނަ މި ގައުމަކީ މުއްސަނދި ސަގާފަތާކާއި އާސާރީ ގިނަ ތަންތަން ހިމެނޭ ގައުމެކެވެ. އެންމެ ކުޑައަގެއްގައި ގައުމެއްގެ ރީތިކަމާއި ތާރީޚް ބަލާލަން ބޭނުންނަމަ ދާންވީ ގައުމަކީ މިއީއެވެ.
-
ތުރުކީ - އެވްރެޖްކޮށް މީހަކަށް ދުވާލަކު 29 ޑޮލަރު

ތުރުކީއަކީ ޒަމާނުއްފެށިގެންވެސް ގިނަބަޔަކަށް މަރުކަޒީ ގައުމެއްގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ. ބަލްކަން ގައުމުތަކުން ފެށިގެން މެދުއިރުމައްޗަށާ، މެޑިޓެރޭނިއަން ކަނޑުން ފެށިގެން ކަޅުކަނޑާއި ހަމައަށް ތުރުކީ ވަނީ ފެތުރިފައެވެ. އެހެންކަމުން ތުރުކީއަށް ދިއުމުން މިހުރިހާ ގައުމެއްގެ ރަހަ ލިބުން އެއީ ގިނަބަޔަކު މި ގައުމަށް ދާން ބޭނުންވާ އެއް ސަބަބެވެ. ގަދީމީ އެތައް ސިޓީއަކާ ތާރީޚީ އެތައް ބިނާތަކެއްވާ މިގައުމުގައި ކަނޑުގެ ސަތަހައަށް ވުރެ 200 މީޓަރު އަޑީގައިވެސް ސިޓީ އެއް ވެއެވެ. ތުރުކީގެ ވެރިރަށް އިސްތަންބޫލްއަކީ ފަންނުވެރިކަން ފެންނަ އެތައް ބިޔަ އިމާރާތްތަކަކުން ފުރފައިވާ ސިޓީއެކެވެ. ޖީބަށް ލުއިކޮށް ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކުން ކޮންމެހެން ވެސް މި ގައުމަށް ޒިޔާރަތް ކޮށްލަން ވާނެއެވެ.
