އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް މަޖާ އަދި ކުލަގަދަ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގްސަދުގައި ތަފާތު އޮފާތަކާއި ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފިއެވެ.
މި އޮފަރތައް އިއުލާނުކޮށްފައިވަނީ މީޑިއާނެޓާއެކު މެންހެޓަން ބިސްނަސް ހޮޓެލްގައި ބޭއްވުނު ޕްރެސް ކޮންފަރެންސްއެއްގައެވެ.
އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިން ޕޯޓްފޯލިއޯގައި ހިމެނެނީ:
ވޯލްޑް ކަޕް ޕެކް- މިއީ އެކްޓިވޭޓް ކޮށްލުމުން މީޑިއާނެޓް އެޕް މެދުވެރިކޮށް މެޗްތައް ބަލާލުމަށް 100 ޖީބީ ޑޭޓާ އާއި މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނަށް 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ލިބޭ އޮފާއެކެވެ. އުރީދޫ މޮބައިލް އަދި ސުޕަރނެޓް ކަސްޓަމަރުނަނަށް ހާއްސަ މި ޕެކް އެކްޓިވޭޓްކޮށްލެއްވުމުން ފޯނަށް ލިބޭ ކޯޑު އެމްއެސް އެޕްގައި ޖެހުމުން މޯބައިލް އަދި ސުޕަނެޓް ވައިފައި މެދުވެރިކޮށް ފޯނު އަދި ޓެބްލެޓްތަކުގައި މެޗްތައް ފަސޭހަކަމާއެކު ބައްލާލެވޭނެއެވެ.
18 ނޮވެމްބަރު 2022 އިން ފެށިގެން އުރީދޫ އެޕް http://ore.do/app ނުވަތަ *929# އަށް ޑައެލް ކޮށްލައިގެން ޕެކް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ޤަތަރު ރޯމިންގް ޕެކް- މިއީ ވޯލްޑް ކަޕްގެ ފޯރީގައި ބައިވެރިވާން ނުވަތަ ވޯލްޑް ކަޕް ދުވަސްވަރުގައި ޤަތަރަށް ދާ ކަސްޓަމަރުންނަށް ޙާއްސަ ރޯމިންގް ޕެކެކެވެ. މި ޕެކް އެކްޓިވޭޓް ކޮށްލުމުން އެންމެ 1000 ރުފިޔާއަށް 1ޓީބީ ޑޭޓާ އާއި އުރީދޫ ޤަތަރުގެ 4ޖީ އަދި 5ޖީ ނެޓްވޯކްގައި ބޭނުންކޮށްލެވޭނެއެވެ.
މިއީ ޤަތަރުގެ ޑޭޓާ ޕެކްތަކާ އަޅާ ބަލާއިރުގައިވެސް ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގައި ލިބޭ ޑޭޓާ ޕެކެވެ. ހުކުރު ދުވަހުން ފެށިގެން އުރީދޫ އެޕް މެދުވެރިކޮށް މި ޕެކް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
"ގޯލްއާރް" އެޕް މެދުވެރިކޮށް ސްކޯ ދިމާކޮށްގެން އަގުހުރި އިނާމްތައް
ދިވެހި އުފެއްދުމެއް ކަމަށްވާ "ގޯލްއާރް" ސްކޯ ދިމާކުރާ އެޕް މެދުވެރިކޮށް އުރީދޫ ފުޓްބޯލް ފޮރި ލީގުގައި ބައިވެރިވެ ވޯލްޑް ކަޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ހާއްސަ އިނާމްތަކެއް ހޯދުމުގެ ފުރުސަތުވެސް ވޯލްޑް ކަޕްގެ މެޗްތައް ފެށުމާއެކު ހުޅުވިގެން ދާނެއެވެ.
އެގޮތުން، މި ލީގުގައި މުޅިން ހިލޭ ބައިވެރިވެވޭއިރު ސްކޯ ދިމާކުރާ ކޮންމެ ފަހަރަކު 1 ރުފިޔާ ޗާޖްކުރާނެއެވެ.
ލީގު ނިމުމުން އެންމެ މަތިން ޕޮއިންޓް ހޯދައިފާއިވާ 7 ފަރަތާކަށް އިނާމުތަކުގެ ތެރޭގައި ސީ ގިއާ އަދި ކްރޮސްރޯޑް އިން ވަރަށް ހާއްސަ އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.
"ގޯލްއާރް" އެޕް http://ore.do/goalr މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ.
އަގުހުރި އިނާމުތަކާއެކު މި ވޯލްޑް ކަޕްގެ ފޯރިއާއި ގުޅުވައިގެން ރާއްޖޭގެ 4 ސިޓީ ހިމެނޭހެން އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓެއް ބޭއްވުމަށް ވެސް ވަނީ ހަމަ ޖެހިފައެވެ. މި މުބާރާތުގައި ވާދަކޮށްގެން 1 ވަނަ އަށް ހޮވޭ ފަރާތަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.
3 ޑިސެމްބަރު 2022 ގައި ފެށުމަށް ހަމަ ޖެހިފައިވާ މި ޓޯނަމެންޓް ކުރިއަށްދާނީ މާލެ ސިޓީ ގައި ހުންނަ ވީއާރް ކެފޭ އާއި ކުޅުދުފުށި ސިޓީ ގައި ހުންނަ ބައި ކަޅު ކެފޭ އާއި ފުވައްމުލައް ސިޓީ ގެ ފުވައްމުލައް ސްޓޭޑިއަމް އާއި އައްޑޫ ސިޓީ ގައި ހުންނަ އުރީދޫ ޝޮޕްގައެވެ.
މި މުބާރުތަގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އިއުލާނު ކުރެވިގެންދާނެއެވެ.
އޮފާތަކާއި ޓޯނަމެންޓްތަކުގެ އިތުރުން މީޑިއާނެޓާއި ކައުންސިލްތަކާ އެހެނިހެން ޕާޓްނަރުންނާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އުރީދޫއިން މިވަނީ ފޭން ޒޯންތަކެއް ތައްޔާރުކޮށްފައެވެ.
މިއީ އާއިލާ އާއި ރައްޓެހިންނާ އެކު ނުވަތު ޓީމުތަކުގެ ސަޕޯޓަރުން އެއްވެލައިގެން މެޗްތައް ފޯރީގައި ބަލާލުމުގެ ފުރުސަތު ލިބޭ ޒޯނުތަކެކެވެ.
