ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި "ދިރާގު ފުޓުބޯޅަ ޢީދު" ކެމްޕެއިން ލޯންޗުކޮށްފިއެވެ.
"އަންނަ ހަފުތާގައި ގަތަރުގައި ބާއްވާ މި އަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަކޮށް ފާހަގަކުރާ އިވެންޓެއް. އެގޮތުން މި ކުޅިވަރު އީދައި ގުޅިގެން އަޅުގަނޑުމެންގެ "ދިރާގު ފުޓުބޯޅަ އީދު" ލޯންޗުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކެމްޕެއިންގެ ޚާއްސަ ޕްރޮމޯޝަންތަކައި އޮފަރތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެން ބޭނުންވަނީ މި މުބާރާތް ދިވެހިރާއްޖޭގެ ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންނާއި ހަމައަށް ގެނެސްދޭން." ދިރާގުގެ އެސިސްޓަންޓް މެނޭޖާރ އެޑްވަރޓައިޒިންގ، ހަސަން ޝާރިހް ވިދާޅުވިއެވެ.
ދިރާގުން ކުރިއަށް ގެންދާ "ފުޓުބޯޅަ އީދު" ކެމްޕެއިންގެ ދަށުން ދިރާގުގެ ޚިދުމަތްތަކާ ގުޅުވައިގެން ބޮޑު ތިން ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެއެވެ.
- ޖެހީ ލިބުނީ ޖީބީ:
- މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅަކު ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެއެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރެޖިސްޓަރކުރެވޭނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރެޖިސްޓަރ ކުރެވޭނީ އެއް ފަހަރުއެވެ.
- މެޖިކް ޑޭޓާ:
- 350 ރުފިޔާއަށް 25ޖީބީ ލިބޭ މި އެޑް-އޮން އެކްޓިވޭޓްކުރާ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ރެންޑަމްކޮށް 100 އިންސައްތައާ ހަމައަށް ހިލޭ އިތުރު ޑޭޓާ ލިބޭނެއެވެ. އަދި މި ޑޭޓާ 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.
- ޑަބަލް ޑޭޓާ:
- މި ކެމްޕެއިން މުއްދަތުގައި މޮބައިލް ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑްގެ ވަކި ޑޭޓާ ބޫސްޓަރތަކެއް ނެގުމުން އެއް އަގެއްގައި ހިލޭ ދެގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން މި ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި ދިރާގުގެ ޓްވިޓަރ، އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުތަކުގައި ކޮންމެ ހަފުތާއަކުވެސް ޚާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދާނެއެވެ. "ގެސް ދަ ޕްލޭޔަރ؟" ގެ ނަމުގައި ކުރިއަށްގެންދާ މި ކުއިޒްގައި ބައިވެރިވެގެން ކޮންމެވެސް 5 ނަސީބުވެރިއަކަށް 3000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ. އަދި މި ފަސް ބުރުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން މޮޅުވާ އެއް ބޭފުޅަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ-23 ގޭމެއްވެސް ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން "ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ ވައިބަރ އަދި ޓެލެގްރާމް ސްޓިކަރ ޕެކެއްވެސް ދިރާގުން ވަނީ ފަރުމާކޮށްފައެވެ.
"ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ ޕްރޮމޯޝަންތަކާއިއެކު އެކުންފުނީގެ އަމާޒަކީ މި ކުލަގަދަ ކުޅިވަރު އީދު ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތަކައި ހަމައަށް ގެނެސްދީ ތަފާތު ގިނަ އާ އޮފާރތައް ހެޔޮ އަގުގައި ގެނެސްދިނުމެވެ.