ދިރާގު، ޓޫރިޒަމް މިނިސްޓްރީ، އޯޝަން ޖިއޮގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައަންސް އޮފް ޑައިވް އޮޕަރޭޓަރސް (މަޑޯ) ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފަރުތަކުގެ ދިރުން ބެލުމަށް ބާއްވާ ފޮޓޯ މުބާރާތް ފަށައިފިއެވެ.
އަންނަ ޑިސެންބަރު މަހުގެ 15 ގެ ނިޔަލަށް މި މުބާރާތް ކުރިއަށް ދާނެއެވެ.
މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލާ ކޮންމެ އަހަރަކު މިފަދަ ޗެކްއަޕްއެއް ކުރިއަށް ގެންދިޔުމެވެ. މީގެ އިތުރުން މި މުބާރާތަކީ ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔާތް ކުރުމަށް ކުރަމުންގެންދާ މަސައްކަތައި ދިވެހިރާއްޖޭގެ ހިތްގައިމު ކަނޑުއަޑި ބޭރު ފަރާތްތަކަށް ދައްކާލުމަށްޓަކައިވެސް ކުރިއަށް ގެންދާ އިވެންޓެކެވެ.
މި މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މަޝްހޫރު ޑައިވް ސައިޓެއް ކުރިއާލާވަނީ ކަނޑައެޅިފަ އެވެ. މިއިން އެއް ސައިޓަށް ނުވަތަ އެއަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެން ވެސް މުބާރާތުގައި ބައިވެރިވެވޭނެ އެވެ. ނަމަވެސް ނަގާ ކޮންމެ ސައިޓަކުން 5 ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހެއެވެ. މި މުބާރާތުގެ ފޮޓޯތައް ބައިނަލްއަގުވާމީ ޖަޖިން ޕެނަލަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން އޮނަރަބަލް މެންޝަން ހޮވާނެއެވެ. އަދި މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެ އެވެ.
ދިރާގުން މަސައްކަތަކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މިއީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުވެސްމެއެވެ.
