ބޮލީވުޑް ސިނަމާތަކުގައި މިމަހުގެ 18 ވަނަ ދުވަހު އެޅުވި އަޖޭ ދޭވްގަންގެ ފިލްމު "ޑްރިޝްޔަމް 2" އޮންލައިން ޕައިރޭޓެޑް ވެބްސައިޓުތަކަށް ލީކްވެއްޖެއެވެ. ފިލްމު އެޅުވިތާ 24 ގަޑިއިރު ތެރޭގައި އޮންލައިންކޮށް ފިލްމުގެ އެޗްޑީ ކޮޕީތައް ލިބެން ހުރި ކަމަށް ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ.
2015 ވަނަ އަހަރު ނިޝިކާންތު ކަމަތު ޑައިރެކްޓްކޮށް އުފެއްދި ފިލްމު "ޑްރިޝްޔަމް"ގެ ސީކުއެލް ކަމަށްވާ "ޑްރިޝްޔަމް 2" މިހާރު ސިނަމާތަކުގައި އަޅުވަމުންދާއިރު ކަން ދިމާކުރި ގޮތުން އުއްމީދުކުރި ވަރަށް ފިލްމަށް ކާމިޔާބު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ އެތައް ބަޔަކު ފައްސި ކޮމެންޓުތަކެއް ދެމުން އަންނަ ފިލްމެކެވެ.
ފިލްމު ލީކްވެގެންދިޔަ ބައެއް ޕައިރޭޓެޑް ސައިޓްތައް ވެސް ވަނީ ފާހަގަކުރެވިފައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ވިޖޭ ސަލްގާއޯނކަރްގެ ނަމުގައި މި ފިލްމުގެ ލީޑް ރޯލު ކުޅޭ އަޖޭއަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް އުފައްދަމުން އަންނަ އެކްޓަރެކެވެ. އެގޮތުން ދާދި ފަހުން ރިލީޒްކުރި "ރަންވޭ 34"އަކީ ވެސް އެހާމެ ފުރިހަމަ ފިލްމެކެވެ.
"ޑްރިޝްޔަމް 2"ގައި އަޖޭގެ އިތުރުން ތާބޫއާއި އަކްޝަޔޭ އަދި ޝްރިޔާ ސަރަން ވެސް މައިގަނޑު ރޯލުތަކުން ފެނިގެންދެއެވެ. ޕެނަރޯމާ ސްޓޫޑިއޯސްގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދިން މި ފިލްމުގެ ޑައިރެކްޓަރަކީ އަބީޝޭކް ޕަތަކެވެ.
އަޖޭ ދޭވްގަންގެ ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ބޯލާ" އާއި "މައިދާން"ގެ އިތުރުން "ސިންގަމް 3"އެވެ.
