މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރި ފައިނޭންޝަލް ޖާނަލިޒަމް ވޯކްޝޮޕް ބާއްވައިފި އެވެ.
މި ވޯކްޝޮޕް ބާއްވާފައިވަނީ މެންހެޓަން ބިޒްނަސް ހޮޓެލްގަ އެވެ.
5 ސެޝަނަކަށް ބަހާލައިގެން ބޭއްވުނު މި ވޯކްޝޮޕްގައި އިގްތިސާދުގައި ބޭންކުތަކުން އަދާ ކުރާ ދައުރާއި، ލޯނު ދޫކުރުމުގައި ބޭންކުން ބަލާ މިންގަނޑުތަކާއި، ޑިޖިޓަލް ބޭންކިންގ ކުރިއަރަމުން އަންނަ ގޮތުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފަ އެވެ.
މީގެ އިތުރުން މަނީ ލޯންޑަރިންގ އާއި ޓެރަޒިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް މާލީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި، ފައިނޭންޝަނަލް އެނަލިސިސް އަދި ރިޕޯޓްތައް ބަލައި ރިޕޯޓްކުރާނެގޮތުގެ މައުލޫމާތުވެސް ވަނީ ދީފަ އެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ގޮތްތަކާއި އާންމުން މިކަމުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ބުނެދެވުނެވެ. އަދި މިފަދަ ހާލަތްތަކުގައި ބޭންކުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލެވުނެވެ.
މި ވޯކްޝޮޕްގައި ނޫސްވެރިންނާއި މީޑިއާ ކައުންސިލް ހިމެނޭހެން ޖުމްލަ 25 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.
