ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %82 ވަނީ މިހާރު ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ ފަޔަރ ބިލްޑިންގ އަދި ޓާރމިނަލް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތުގެ %95 އާއި %80 މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށް ދަނީ ސެކިއުރިޓީ ފެންސު ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރާނެ އެވެ.
މީގެ އިތުރުން ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
