ދެކުނު ކޮރިޔާ ގެ ފަތުރުވެރިންގެ މަގުބޫލުކަން އަނެއްކާ ވެސް ރާއްޖެއަށް ހޯދައިދިނުމުގެ މަޤްސަދުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޮޕަރޭޝަން (އެމްއެމްޕީއާރސީ) ގެ ފަރާތުން ދެކުނު ކޮރިޔާ ގައި މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ. "ރީ ޑިސްކަވާ މޯލްޑިވްސް" ގެ ނަމުގައި ކުރިޔަށް ގެން ދާ މި ބަސް ކެމްޕޭން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ދެކުނު ކޮރިޔާގެ ވެރިރަށް ސޯލް ގައިއެވެ. މީގެ އިތުރުން ހަނީމޫން އެޖެންޓުން ބޭނުންކޮށްގެން އޮންލައިންކޮށް ރާއްޖެ އިސްތިހާރުކޮށް އަދި އިތުރު ޕްރޯމޯޝަން ހިންގަމުން އެބަ ދެއެވެ.

މި ކެމްޕޭން ގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހިރާއްޖެ އަކީ ކޮވިޑް ގެ ފަހުން ދަތުރުކުރުން ރައްކާތެރި ގައުމެއް ކަމުގައި ކަނޑައަޅާފައިވުމުން ދެކުނު ކޮރިޔާ ގެ ފަތުރުވެރިން ގެ ތެރޭގައި މަގްބޫލް ދަތުރުވެރިން ގެ މަންޒިލެއް ގެ ގޮތުގައި ފާހަގަ ކޮށްދިނުމެވެ. މި ކޭމްޕޭން ކުރިޔަށް ގެންދަން ގަސްތުކޮށްފައި ވަނީ 3 މަހުގެ މުއްދަތަކަށެވެ. މިކަމުގެ ސަބަބުން މަހަކު ސޯލްގައި ދިރިއުޅޭ 150 މިލިޔަން  މީހުންނަށް ދިވެހިރާއްޖެޔާ ބެހޭގޮތުން މަޢްލޫމާތު ލިބިގެން ދާނެ ކަމަށާއި ދެކުނު ކޮރިޔާ ގެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެ އަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

މީގެ ދެވަނަ ކެމްޕޭނެއް ކުރިޔަށް ގެންްދަން ހަމަ ޖެހިފައިވާ ކަމަށް އެމް.އެމް.ޕީ.އާރސީ އިން ބުނެފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ރީތި ކަމާއި ރައްކާތެރިކަން ދައްކުވައިދޭ އެތައް ބައިވަރު އިސްތިހާރެއް ދެކުނު ކޮރިޔާ ގެ އެތައް ބައިވަރު ވެބްސައިޓް ތަކަކަށް ލުމުގެ އިތުރުން އެ ގައުމުގެ އެތައް ބަޔެއް ބޭނުން ކުރާ ސޯސަލް މީޑިޔާ ތައް ކަމުގައި ވާ ފޭސްބުކް އަ ދި އިންސްޓާގްރާމަށް ލާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން ހަނީމޫން އެޖެންސީ ތަކުގެ އެހީ އާއި އެކު ދިވެހިރާއްޖެއަށް ހާއްސަ ޕެކޭޖްތަކެއް ވަނީ ތަޢާރަފު ކުރަން ނިންމާފައިއެވެ.

ދެކުނު ކޮރިޔާ އަކީ ދިވެހިރާއްޖެއަށް ދަތުރު ކުރާ ގިނަ ބަޔަކު ނިސްބަތް ވާ ގައުމެކެވެ. އެގޮތުން މިއަހަރު މާރޗް މަހު 5722 ދެކުނު ކޮރިޔާ ގެ ރައްޔިތުން ވަނީ ދިވެހިރާއްޖެ އަށް ދަތުރުކޮށްފައިއެވެ. އަދި ދިވެހިރާއްޖޭ ގައި އެތައް ރައްކާތެރި ކަމުގެ ފިޔަވަޅު ތަކެއް އަޅާފައިވުމުން ބަލިޖެހުމުގެ ފުރުސަތު ކުޑަވެގެން ދާކަން ވަނީ އެމްއެމްޕީއާރސީއިން ވަނީ ފާހަގަ ކޮށްފައިއެވެ.