އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސްޓްރެޓަޖީގެ ދަށުން 1 އޭޕްރިލް 2023 އިން ފެށިގެން ބޭންކުތަކަށް ގަބޫލުކުރަންޖެހޭ ޗެކުގެ އެންމެ މަތީ އަދަދު މިވަނީ ކަނޑައެޅިފަ އެވެ.
މިގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހަމައެކަނި ޕްރޮސެސް ކުރާނީ 50،000 ރުފިޔާ އާއި 3،000 ޔޫއެސް ޑޮލަރު އާ ހަމަޔަށް ދޫކޮށްފައިވާ ޗެކްތަކެވެ. މިއަދަދަށްވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށެވެ. މިގޮތަށް އެންމެ މަތި އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެ އެވެ.
އެ ބޭންކުން ވަނީ ކަސްޓަމަރުންގެ ކިބައިން އެދެނީ ބޭންކިންގ ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރެއްވުމަށް އެދިފަ އެވެ. އަދި ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓަރ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓަރ ކުރުވޭނެ ކަމަށް ވެސް ބުންޏެވެ.
އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތެކެވެ. އަދި ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހިދުމަތް ލިބޭނެ އެވެ.
