ހޯޓް ގްރޭންޖަރ އިން ހޮވާ ގައުމުގެ/ބައްރުގެ ރިސޯޓް ގެ  އެންމެ ގިނަ އެވޯޑް މިފަހަރު ހޯދައިފައިވަނީ ރީތި ފަރު ރިސޯޓް އިންނެވެ. މިރިސޯޓް ޚާއްސަ ވާ ސަބަބަކީ މިރިސޯޓް ފަށައިގެން ވާ ފަރު އަދި މޫދުގެ ސަބަބުންނެވެ. މިރިސޯޓް އަކީ ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުން ކުރުމަށް ސަމާލުކަންދޭ ބަޔަކެވެ.

ރ އަތޮޅު ގައި ހިމެނޭ މި ރިސޯޓް ގައި 150 ދިވެހިވަންތަ ލަގްޒަރީ ވިލާސްވާއިރު ކޮންމެ ވިލާއެއް ފުރިހަމަކޮށްދެނީ އެވިލާގައިވާ ޖަކޫޒީ ގެ އިތުރުން ފަށައިގެންވާ ރީތި މޫދުންނެވެ.

635 މީޓަރުގެ މިރިސޯޓުން ވަނީ މިއަހަރުގެ ހޯޓް ގްރޭންޖަރ ގެ އިންޑިޔާ ބައްރު ގެ އެންމެ ހިތް ފަސޭހަ ރިސޯޓް، އިންޑިޔާ ބައްރު ގެ ބެސްޓް އެކްޓިވިޓީ ރިސޯޓް، އިންޑިޔާ ބައްރު ގެ އެންމެ ރަނގަޅު ވިލާ ރިސޯޓް، އިންޑިޔާ ބައްރު ގެ އެންމެ ތިމާވެއްޓާ ރައްޓެހި ރިސޯޓް ގެ މަގާމު ހޯދާފައިއެވެ. ހޯޓް ގްރޭންޖަރ އިން ވޯޑްތައް ދޭން ބަލަނީ މީހުން ގެ ފަރާތުން ރިސޯޓަށް ލިބިފައިވާ ރިވިއުސްއަށެވެ. މީގެ އިތުރުން ރީތި ފަރު ރިސޯޓް އިން ވަނީ 2019 ވަނަ އަހަރުގެ ބެސްޓް ނިއު ލަގްޒަރީ ރިސޯޓް (މުޅި ދުނިޔެއިން) ގެ އިތުރުން އެހެންނިހެން އެވޯޑްތައްވެސް ހޯދާފައިއެވެ.  

ހޯޓް ގްރޭންޖަރ އެވޯޑްސް އަކީ ދުނިޔޭ ގެ ފެންވަރުގައި ބަލައިގަނެވޭ އެންމެ ވަރުގަދަ އެވޯޑް އެވެ. ހޯޓް ގްރޭންޖަރ އެވޯޑްސް ގެ މަގުސަދަކީ ދުނިޔޭ ގެ އެންމެ ފެންވަރު ރަނގަޅު ރިސޯޓްސްތައް ބަލާ އެ ރިސޯޓް ތަކަށް ހިތްވަރުދިނުމެވެ.