ކުރީގެ މަޝްހޫރު ބޮލީވުޑް ތަރިން ކަމަށްވާ ސަންޖޭ ދަތާއި ޖެކީ ޝްރޮފް އަދި މިތުން ޗަކްރަބޯތީގެ އިތުރުން ސަނީ ޑިއޯލް އެކީގައި ފެނިގެންދާ ފިލްމު "ބާޕް"ގެ ޝޫޓިންގތައް ފަށައިފިއެވެ. 

އެގޮތުން ފިލްމުގެ ސެޓުގައި މަސައްކަތް ކުރަމުންދާ މަޖާ ވީޑިއޯކޮޅެއް ޖެކީ ޝްރޮފް ވަނީ އިންސްޓަގްރާމުގައި ޕޯސްޓްކޮށްފައެވެ.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Jackie Shroff (@apnabhidu)

މި ހަތަރު ތަރިންނަކީ ކުރީގެ މޮޅެތި ފިލްމުތަކެއް ކުޅެފައިވާ ހަތަރު ތަރިންނެވެ. "ގަންގާ ޖަމުނާ ސަރަސްވަތީ" ފަދަ ފިލްމުތަކުން މިތުން ވިދާލައިފައިވާއިރު "ބަދްމާޝް"އާއި "ޖާނޫ"ފަދަ ފިލްމުތަކަކީ ޖެކީ ޝްރޮފްގެ ރަންޒަމާނުގެ ފިލްމުތަކެވެ. ހަމަމިއާއެކު ސަނީއަކީ "ގަޓަކް"އާއި "ޣަޔާލް" ފަދަ ފިލްމުތަކުން މަޝްހޫރު ވެފައިވާ އެކްޓަރެކެވެ. ޚާއްޞަކޮށް އެކްޝަން ފިލްމުތަކުން މަޝްހޫރުކަން ހޯދި މި ހަތަރު ތަރިން ފެނިގެންދާ މި ފިލްމަކީ ވެސް އެކްޝަން/ކޮމެޑީއެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ފިލްމުގައި މި ތަރިންނަށް ކިޔާނެ ނަންތަކާއެކު ޕޯސްޓަރުތަކެއް ދާދި ފަހުން ވަނީ ދައްކާލައިފައެވެ. އެގޮތުން މިތުން (ޔޭދާ ބަގަތު)ގެ ނަމުގައި ފެނިގެންދާއިރު ސަންޖޭ ފެނިގެންދާނީ (ބައްލޫ)ގެ ނަމުގައެވެ. އަދި ޓައިގަރ ޝްރޮފްގެ ބައްޕަ؛ ޖެކީއަށް (ޖެއިކިޝާން)ގެ ނަމުން ނަން ދީފައިވާއިރު ސަނީއަކީ (އަރުޖުން)އެވެ. ސަނީ ވަނީ މީގެ ކުރިން ވެސް އަރުޖުންގެ ނަމުގައި ފިލްމެއްގެ ލީޑް ރޯލް ކުޅެފައެވެ. 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Zee Studios (@zeestudiosofficial)

ވިވޭކް ޗޯހާން ޑައިރެކްޓްކުރާ މި ފިލްމަކީ 'ޒީސްޓޫޑިއޯސް'ގެ ޕްރޮޑަކްޝަންގެ ދަށުން އަޙްމަދު ޚާނާއި ޝައިރާ އަޙްމަދު ޚާން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ، ނަމަވެސް ލަފާކުރެވެނީ 2023ގެ ތެރޭގައި ތިއޭޓަރުތަކާ ހަމަޔަށް އަންނާނެ ކަމަށެވެ.