އުރީދޫ މޯލްޑިވްސް އިން ހއ. އުތީމު ސިއްހީ މަރުކަޒަށް ހެލްތް ކިޓްތަކެއް ހަދިޔާކޮށްފި އެވެ.

މިއީ ރާއްޖޭގައި ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދީ ކުރިއެރުވުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ތެރެއިން ހަވާލުކުރި ކިޓް ތަކެކެވެ.

އުރީދޫ އިން ބުނީ އުތީމު ސިއްހީ މަރުކަޒާ ރަސްމީކޮށް ހެލްތު ކިޓްތައް ހަވާލުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުރީދޫއިން އަންނަނީ ރައްޔިތުންގެ ލާބައާ މަންފާއަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

އެ ކިޓް އުތީމު ސިއްހީ މަރުކަޒާ ހަވާލުކޮށްދެއްވީ އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.