ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތް ޅ. އަތޮޅުގައި ހިލޭ ދޭ މުއްދަތު އިތުރުކޮށްފި އެވެ.

އެ އަތޮޅުގައި މިހާރުކުރިއަށްދަނީ އެ ދަތުރުތައް ފެށުމުގެ ގޮތުން "އަހުލުވެރި ކަމުގެ ދަތުރު" ތަކެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ކުރިން ނިންމާފައިވަނީ މާދާމާގެ ނިޔަލަށް އަގު ނުނަގާ ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.

އެހެންނަމަވެސް އެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރުކުރީ ކިހާ ދުވަހަކަށް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ޅ އަތޮޅުގެ ދަތުރުތަކަށް ދެ ލޯންޗު އެ އަތޮޅަށް ގެންގޮސްފައި ވާއިރު ދަތުރުތައް ކުރަނީ ކައުންސިލްތަކުގައި ނަން ނޯޓު ކޮށްގެން ނެވެ. އަދި އެ އަތޮޅު މަޑިވަރު އެއާޕޯޓަށް ވެސް އެ ފެރީ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން އާރުޓީއެލް ފެރީގެ ހިދުމަތް ފެށިފަހުން މިހާތަނަށް 85 ވަޒީފާ ވަނީ އުފައްދާފަ އެވެ. އާރުޓީއެލްގެ ފެރީ އާއި ބަހުގެ ހިދުމަތް އެއްކޮށްލުމުން މިހާތަނަށް 308 ވަޒީފާ ވަނީ އުފައްދާފަ އެވެ.