ބޮލީވުޑް އެކްޓްރެސް ކިއާރާ އަދްވާނީއާއި އެކްޓަރު ސިދާތު މަލްހޯތްރާގެ ކައިވެނީގެ ވާހަކައަކީ މުޅި ބޮލީވުޑްގައި އެކިއެކި ގޮތްގޮތަށް އެކި މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކައެކެވެ. އަދި މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ވެސް ބުނަމުންދާ މީހުން މަދެއް ނޫމެނޫންމެއެވެ.

މިކަމާ ގުޅޭ ގޮތުން ކިއާރާއާއި ސިދާތުގެ ބަހެއް ނުލިބި ވަރަށް ގިނަ ދުވަހަށްފަހު ދާދިފަހުން ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ބޮލީވުޑް ހަންގާމާއިން ވަނީ މި ދެ ތަރިންގެ ކައިވެނި ޑިސެމްބަރަށް ތާވަލުކުރަމުންދާކަމަށް ބުނެ ރިޕޯޓްކޮށްފައެވެ. އަދި އެފަހަރު ބޮލީވުޑް ހަންގާމާއިން ބުނެފައިވަނީ ކިއާރާއާއި ސިދާތު ކައިވެންޏަށް ތައްޔާރުވަމުންދާ ކަމަށާއި އަދި އެކަން ރަސްމީކޮށް ފޭނުންނަށް ޙިއްޞާނުކޮށް އެތިބީ ވަޤުތު އޮތީމަ ކަމަށެވެ. 

ނަމަވެސް އިއްޔެގެ ވަޤުތެއްގައި ކިއާރާ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓަކަށް ފޭނުންގެ ނަޒަރު ވަނީ ހުއްޓިފައެވެ. އޭނާ ފެންނަ ކުޑަ ވީޑިއޯކޮޅެއް ޝެއަރކުރަމުން ޕޯސްޓްގެ ކެޕްޝަންގައި ޖަހައިފައިވަނީ "ދެން މާގިނަ ދުވަހަކު މިކަން ސިއްރެއްގެ ގޮތުގައެއް ނުބޭއްވޭނެ" މިފަދައިންނެވެ. އަދި ހަމަމިއާއެކު ޑިސެމްބަރު 2 އަކަށް އިންތިޒާރުކުރަން ވެސް ބުނެފައިވެއެވެ. ސުވާލަކީ ކިއާރާ މިދައްކަނީ އޭނާގެ ކައިވެނީގެ ވާހަކަތޯއެވެ. 

ކިއާރާގެ މި ޕޯސްޓަށް އެތައް ބަޔަކު ކޮމެންޓްކުރަމުންދާއިރު ގިނަބަޔަކު ބުނަމުންދަނީ ކިއާރާ އެއުޅެނީ އޭނާގެ ކައިވެނީގެ ވާހަކަ ފޭނުންނާ ޙިއްޞާކުރަން ކަމަށެވެ. އަދި ޑިސެމްބަރު 2 ވަނަ ދުވަހަށް އިންތިޒާރުކުރަން އެބުނީ އެދުވަހުން ކިއާރާއާއި ސިދާތުގެ ކައިވެނި އޮންނާނެ ތާރީޚުވެސް ހާމަކުރަން ތައްޔާރުވާތީ ކަމަށް ބައެއް މީހުން އެބަ ބުނަމުން ގެންދެއެވެ. 

މިދޭތެރެއަކުން މި ދެ ތަރިން ލޯބީގެ ގުޅުން ކަނޑާލި ކަމަށް ވެސް ޚަބަރު ފެތުރުނެވެ. ނަމަވެސް އެއީ ދޮގު ޚަބަރެއްކަން ފަހުން ވަނީ ހާމަވެގެން ގޮސްފައެވެ.

Kiara Advani & Sidharth Malhotra Wanted To Have A Goa Wedding But  Chandigarh Is The Final Destination?
ސިދާތު މަލްހޯތުރާއާއި ކިއާރާ އަދްވާނީ

ކިއާރާ އަދްވާނީ އެންމެފަހުން ސިނަމާތަކުން ފެނިގެންދިޔައީ ރާޖް މެހްތާގެ "ޖަގްޖަގް ޖީޔޯ"އިންނެވެ. އަދި އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގޯވިންދާ ނާމް މޭރާ"އާއި "ސަތިޔާޕްރޭމް ކީ ކަތާ" ހިމެނެއެވެ. އަދި ހަމައެހެންމެ އަޖޭ ދޭވްގަންގެ "ތޭންކް ގޯޑް"އިން އެންމެ ފަހުން ފެނިގެންދިޔަ ސިދާތް މަލްހޯތްރާ އާއި ކިއާރާ އެކީގައި ވެސް ދާދި ފަހުން ފިލްމެއްގައި ވަނީ މަސައްކަތް ކޮށްފައެވެ. އެއީ 2021 ވަނަ އަހަރު ރިލީޒްކުރި "ޝޭރްޝާހް"އެވެ. 2010ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި ސިދާތްގެ ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ޔޯދާ"އާއި "މިޝަން މަޖްނޫ" ހިމެނެއެވެ.