އުރީދޫއިން ވޯލްޑް ކަޕްއަށް ޚާއްސަ ސްޓިކަރ ޕެކެއް ތައާރަފްކޮށްފި އެވެ.

ފޯރިއާ އެކު މި މުބާރާތް ކުރިއަށްދާއިރު، ރައްޓެހިންނާއި އާއިލާ އަދި އެކުވެރިންނާއެކު ފުޓްބޯޅައިގެ ފޯރި ނަގަމުންދާއިރު، ވައިބަރ އަދި ޓެލެގްރާމްއަށް މި ސްޓިކަރ ޕެކްތައް ބޭނުން ކުރެވޭނެ އެވެ.

"އުރީދޫ ފުޓްބޯލް ފޯރި" ސްޓިކަރ ޕެކްތައް މިއެޕްލިކޭޝަންތަކުގައި ބޭނުންކުރުމަށް އުރީދޫއިން އެދެއެވެ.

މި ސްޓިކަރ ޕެކް ޑައުންލޯޑްކުރުމަށް ލިންކެއް ވެސް ހިއްސާކޮށްފަ އެވެ. އެއީ Download kurehvumah: ore.do/ffviber ore.do/fftelegram

މި ސްޓިކާ ތަކުގެ ތެރޭގައި "އޮފްސައިޑް، ސަޅި ގޯލެއް، އާދޭ މެޗު ބަލަން" ފަދަ ސްޓިކާތައް ހިމެނެއެވެ.

އުރީދޫއިން އަންނަނީ ވޯލްޑްކަޕްއާއި ދިމާކޮށް ތަފާތު ހަރަކާތްތަކާއި ޕްރޮމޯޝަންތައް ހިންގަމުންނެވެ. އެގޮތުން މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އިނާމު ލިބޭ ޕްރޮމޯޝަންތަކާއި މެޗުބަލަން ޚާއްސަ "ފޭން ޒޯން"ތައް ވަނީ ތައްޔާރުކޮށްފަ އެވެ.