-
ލައިފް އިޒް ގުޑް
މިއީ އެމެރިކާގެ ރެޕަރ "ފިއުޗަރ" ލިޔެފައިވާ ލަވައެކެވެ. ލަވަ ރިލީސް ކުރެވިފައިވަނީ 10 ޖެނުއަރީ 2020 ގައެވެ. މި ލަވަ އެމެރިކާގެ މިއުޒިކް ޗާޓް "ބިލްބޯޑް ހޮޓް 100" ގައި 2 ވަނަގައި 8 ހަފްތާވަންދެން އޮތެވެ. މިއީ މި ރެކޯޑް ހޯދި ފުރަތަމަ ލަވައެވެ. ޖުލައި 2020 ގެ ނިޔަލަށް އެމެރިކާގައި މި ލަވައިގެ 3.1 މިލިއަން ކޮޕީ ވިކިފައިވެއެވެ.
-
ގޫބާ
މިއީ އެމެރިކާގެ ރެޕަރ ސިކްސް ނައިންގެ ލަވައެކެވެ. 8 މޭ 2020 ގައި މި ލަވަ ނެރުނީ އޭނާގެ އުފަންދުވަހާ ދިމާކޮށެވެ. މިއީ 2 އޭޕްރިލް 2020 ގައި އޭނާ ޖަލުން މިނިވަންވުމަށްފަހު ނެރެނު ފުރަތަމަ ސިންގަލްއެވެ. މި ލަވަޔާއި އޭގެ ވީޑިއޯ ރެކޯޑްކޮށްފައިވަނީ އޭނާ ގޭބަންދުގައި ހުރި ދުވަސްވަރުއެވެ.
-
ގެންދާ ޕޫލް
އިންޑިޔާގެ ރެޕަރ ބާދްޝާހްގެ މިލަވައިގައި އޭނާގެ އިތުރުން ޕާޔަލް ދޭވް ގެ އަޑު ހިމެނޭނެއެވެ. ވީޑިއޯއިން ފެންނަނީ ބާދްޝާހްގެ އިތުރުން ސްރީލަންކާގެ ރީތީގެ ރާނީ އަދި ބަޠަލާ ޖެކްލިން ފެރނާންޑިސް އެވެ. މި ލަވައަށް އެންމެ 4 މަސް ތެރޭގައި ދެ ލައްކަ މީހުން ކޮމެންޓްކޮށް، 4.5 މިލިއަން މީހުންނަށް ކަމުދިޔައިރު 7 ލައްކަ މީހުނަށް ވީޑިއޯ ކަމަކު ނުދެއެވެ.
-
ޔަމީ
ޔަމީ އަކީ ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ މިއަހަރުގެ ޖެނުއަރީ 3 ގައި ނެރުނު ލަވައެކެވެ. މިއީ މިދިޔަ 4 އަހަރުގެ ތެރޭގައި ބީބާނެރުނު ފުރަތަމަ ސިންގަލްއެވެ. މި ލަވަ ނެރުނު ދުވަހު ބީބާ ވަނީ މަޝްހޫރު އެޕް ޓިކްޓޮކް އާވެސް ގުޅިފައެވެ. އެމެރިކާގެ މިއުޒިކް ޗާޓްގެ ދެވަނައިން ޖާގަ ހޯދި މިލަވަ، އޮސްޓްރޭލިޔާ، ކެނެޑާ އަދި އިނގިރޭސިވިލާތުގެ ގަދަ ފަހަކުން ޖާގަ ހޯދިއެވެ.
-
ހައު ޔޫ ލައިކް ދެޓް
މިއީ ސައުތު ކޮރެޔާގެ އަންހެން ކުދިންގެ ގްރޫޕެއް ކަމަށްވާ ބްލެކް ޕިންކުން ރެކޯޑްކޮށްފައިވާ ލަވައެކެވެ. 26 ޖޫން 2020 ގައި ނެރެވުނު މި ލަވައަކީ މިއަހަރުގެ އޮކްޓޯބަރ 2 ގައި ނެރުމަށް ތައްޔާރު ކުރެވުނު ލަވައެކެވެ. މި ލަވަ ވަނީ ރިލީސް ކުރުމާއި އެކު އެންމެ ކުރު މުއްދަތެއްގައި 100 މިލިއަން އަދި 200 މިލިއަން މީހުން ބެލި ލަވައިގެ ރެކޯޑް ހޯދާފައެވެ.
