ކޮންޑެ ނާސްޓް ޓްރެވެލާސް އިން ވަނީ މިއަހަރުގެ ރީޑާސް ޗޮއިސް އެވޯޑް ގެ ނަތީޖާ އިއުލާނުކޮށްފައިއެވެ. އެ ގޮތުން އެންމެ މަގުބޫލު ހޮޓެލް، ރެސޯޓް، ގައުމު، އަވަށް، ރަށް، ސްޕާ، އެއާރ ލައިންސް، އެއާޕޯޓް އަދި ކެއުން ފަތުރުވެރިން ވަނީ ހޮވާފައިއެވެ.

 މިއަހަރު ގެ އިންޑިޔާ ބައްރުގެ އެންމެ ވަރުގަދަ 30 ރިސޯޓުގެ ތެރޭގައި ދިވެހި ރާއްޖޭ ގެ  ރިސޯޓ ތަކެއް ވަނީ ހިމެނިފައިއެވެ. އެގޮތުން ނައުތިލަސް މޯލްޑިވްސް އެއް ވަނައިގައި ވާއިރު ދެވަނައިގައި ވަނީ ނަލަދޫ މޯލްޑިވްސް، ތިންވަނައިގައި ވަނީ ދަ އޮބަރޯއި އިން މޯރީސިއަސް އެވެ. ލަކްސް ނޯތް މާލެ އަތޮޅް 4 ވަނައިގައި ވާއިރު ސޮނޭވާ ޖާނީ އަށް ލިބިފައިވަނީ 5 ވަނަ އެވެ. މީގެ އިތުރުން ޖޮލި މޯލްޑިވްސް، އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓް، ތާޖް އެގްޒޯޓިކް ރިސޯޓް އެންޑް ސްޕާ އަދި ވަން&އޮންލީ ރީތި ރަށް ވަނީ 6،7،8،9 އަދި 10 ވަނަ ލިބިފައިއެވެ. މީގެ އިތުރުން ހާރޑް ރޮކް ހޮޓެލް މޯލްޑިވްސް އަށް 23 ވަނަ ލިބުން އިރު  ލަކްސް ސައުތު އަރި އަރި އަތޮޅް ރިސޯޓް އެންޑް ވިލާސް އަށް ލިބިފައިވަނީ 29 ވަނަ އެވެ

 މީގެ އިތުރުން ނައުޓިލިސް މޯލްޑިވްސް އަށް ދުނިޔޭގެ 3 ވަނަ އަށް އެންމެ ރަނގަޅު ރިސޯޓް ގެ މަގާމު ލިބުން އިރު 5 ވަނައިގައި އިނީ ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެވެ.

 އެމްއެމްޕީއާރސީ ގެ މެނޭޖިންގް ޑިރެކްޓާރ ވިދާޅުވިގޮތުގައި މިއީ ދިވެހިރާއްޖެއިން ދުނިޔޭ ގެ ފަތުރުވެރި ކަމުގެ ބާޒާރަށް އަލުން ނިކުތުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަމަށެވެ. އަދި މިކަން ހާސިލް ކުރުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ސުކުރުއަދާކުރާކަމަށެވެ.

 ދުނިޔޭ ގެ އެކި ކަންކޮޅު ތަކުން  ކޮންޑެ ނާސްޓް ޓްރެވަލާސް ރީޑާސް އިން ވަނީ 715000 އަށް ވުރެން ގިނަ ރޭޓިންގްސް ލިބިފައިވާއިރު މި އެވޯޓްތައް ދީފައި ވަނީ 1 އޭޕްރީލް 2020 އިން 30 ޖޫން 2020 ހަމައަށް ކުރިޔަށް ގެންދިޔަ އޮންލައިން ސާރވޭ އެއް ގެ ވޯޓައް ބަލައިގެންނެވެ.

 

 ކޮންޑެ ނާސްޓް ޓްރެވަލާސް ރީޑާސް ޗޮއިސްއެވޯޑް ދުނިޔޭ ގެ އެންމެ ގިނަ ދުވަސް ވީ އަދި އެންމެ ބަލައިގަނެވޭ އެވޯޑެވެ.