އެސްޓީއޯ އިން "އެކުލަ މިކުލަ" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް، އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ލ ފޮނަދޫ ގައި ހުންނަ ފިހާރައިގަ އެވެ.

މި ޕްރޮމޯޝަންގައި ނިޕޯންގެ ކޮންމެ އުފެއްދުމަކުން 8 ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭއިރު، ނިޕޯންގެ އުފެއްދުން ގަންނަ ކޮންމެ ވިޔަފާރިއަކާއެކު 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ކޫޕަނެއް ވެސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ދެން ކުރާ ވިޔަފާރިއަކަށް އެ ކޫޕަން ބޭނުން ކުރެވޭނެ ކަމަށެވެ.