ޕޯޗްގަލް ގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިޔާނޯ ރޯނާލްޑޯ ކޮވިޑް އަށް ފައްސިވެއްޖެ އެވެ. މިކަން ހާމަކޮށްފައިވަނީ ޕޯޗުގަލް ގެ ފުޓުބޯޅަ އެސޯސިއޭސަން ގެ ފަރާތުން އަންގާރަ ދުވަހު ނެރުން ނޫސް ބަޔާނެއްގައިއެވެ. ރޮނާލްޑޯ ވަނީ މިދިޔަ ހޯމަ ދުވަހު އޭނާ ގެ ޕޯޗްގަލް ޓީމް މޭޓުންނާއި އެކު ފޮޓޯއެއް އިސްޓާގްރާމަށް އަޕްލޯޑް ކޮށްފައެވެ. އެކަމަކު އޭނާ ގެ އެހެން އެއްވެސް ޓީމްމޭޓް ފައްސިވެފައިވާކަމުގެ ހަބަރެއް ލިބިފައެއް ނެތެވެ.

ރޮނާލްޑޯ ވަނީ މިދިޔަ އާދިއްތަ ދުވަހު ޔޫއެފާ ނޭސަންސް ލީގްގައި ފްރާސް އައި ދެކޮޅާށް ކުޅެފައިއެވެ. އަދި މީގެ އިތުރުން މިދިޔަ ހަފްތާ ގައި ސްޕެއިން އާއި ދެކޮޅައް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.

35 އަހަރު ގެ ރޮނާލްޑޯ އަށް މިކަމުގެ ސަބަބުން ވަނީ ޔޫއެފާ ނޭސަންސް ލީގް ގައި މާދަމާ ޕޯޗުގަލް އިން ސްވިޑެން އާއި ދެކޮޅައް ކުޅޭ މެޗައް އެރުމުގެ ފުރުސަތު ގެއްލިފައިއެވެ. މީގެ އިތުރުން ޖުވެންޓަސް އިން ޑައިނަމޯ ކީވް އާއި ދެކޮޅައް ކުޅޭ މެޗެއް ވެސް ރޮނާލްޑޯ އަށް ގެއްލިގެން ދާނެ އެވެ.

ޖުވެންޓަސް އަށް ކުޅެމުން ދާ ކްރިސްޓިޔާނޯ ކޮވިޑް ގެ އެއްވެސް އަލާމާތެއް ފެނިފައިނުވިޔަސް، އޭނާ ސެލްފް އައިސޮލޭސަން ގެ މުއްދަތު ހަމަ ކުރަން ޖެހޭނެއެވެ