މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީ އިން ހާމަކޮށްފި އެވެ.
އެމްޓީސީސީ އިން ބުނީ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ވެސް މިހާރުވަނީ ނިމިފައި ކަމަށާއި ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް މި ހަފުތާ ތެރޭ ފަށަން ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 202 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 519 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މިއީ 22.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
