ސައުތު އަރި އަތޮޅު ލަކްސް ރިސޯޓް އެންޑް ސްޕާ އިން  2019 ވަނަ އަހަރުގެ ބްރިޓިސް އެއާ ވޭސް ގެ ކަސްޓްމަރ އެކްސެލެންސް އެވޯޑް ހޯދައިފިއެވެ.
ޖެހިޖެހިގެން 4 ވަނަ ފަހަރަށް ސައުތު އަރި އަތޮޅު ލަކްސް ރިސޯޓް އެންޑް ސްޕާ އިން މިވަނީ ބްރިޓިސް އެއާ ވޭސް ގެ ކަސްޓްމަރ އެކްސެލެންސް އެވޯޑް ހޯދާފައެވެ. މިއެވޯޑް އަށް ޕޮއިންޓްސް ދެވެނީ  ފަތުރުވެރިންގެ ފަރާތުން ލިބޭ ރިވިއުސް އަށް ބަލާފައިއެވެ.
ބްރިޓިސް އެއާވޭސް ހޮލިޑޭސް އިނގިރޭސި ވިލާތުގެ އެންމެ މަޝްހޫރު ޓުއާ އެޖެންސީ އިން މިއަހަރު 102000 އަށް ވުރެން ގިނަ ކަސްޓަމަރުން ގެ ރިވިއު ނަގާފައިވާ އިރު މިއަހަރު 650 އަށް ގިނަ ހޮޓެލްސް އަން ވަނީ އެވޯޓް ދީފައިއެވެ. ޕޮއިންޓްސް ދިނުމުގައި ބަލާ ކަންކަމަކީ ތަނުގެ ލޮކޭޝަން ،ހިދުމަތުގެ ފެންވަރު، ސާފު ތާހިރުކަން އަދި ނިދުމުގެ ފެންވަރަށެވެ.
ސައުތު އަރި އަތޮޅު ލަކްސް ރިސޯޓް އެންޑް ސްޕާ އަށް ވަނީ 10/9.4 ލިބިފައިއެވެ.
ދިއްދޫފިނޮޅުގައި ހެދިފައިވާ މި ރިސޯޓަކީ ހިތްހަމަޖައްސާލާ ބޯހާސްކަން ފިލުވައިލުމަށާއި، ޗުއްޓީގެ ހިތްހަމަ ޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފަތުރުވެރިންނަށް ފޯރުކޮށްދޭ ހިތްފަސޭހަ ރިސޯޓެކެވެ. 193 ވިލާސް ހިމެނޭ މި ރިސޯޓް ފުރިހަމަ ކޮށްދެނީ އެރަށް ވަށައިގެންވާ ރީތި ގޮނޑުދޮށާއި ފަރާއި ވިލެވެ. 5 ތަރީގެ ޕެޑީ ޑައިވް ސެންޓަރެއް ހިމެނޭ މިރިސޯޓުން ސްނޯކްލިންގެ ފުރުސަތާއި ވައިޓް ޝާކް ބެލުމުގެ ފުރުސަތު ލިބުމުގެ އިތުރުން، ރިސޯޓް ގައި ޓެކްނޯޖިމް އެއްވާއިރު ފޫލޫޑް ލައިޓް ޓެނިސް ކޯޓެއް ވެއެވެ. މީގެ އިތުރުން ރިސޯޓްގެ ސްޕާއިން އެކި ވައްތަރުގެ ފަރުވާ އަދި މަސާޖް ވެސް ލިބިގެން ދެއެވެ. އަދި 2 އިންފިނިޓީ ޕޫލް މި ރިސޯޓް ގައިވާކަން އެއީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.
ސައުތް އަރި އަތޮޅު ލަކްސް ރިސޯޓް އެންޑް ސްޕާ ގައި 8 ކާތަން ހިމެނިގެންދާ އިރު 5 ބާ ވެސް ހިމެނެއެވެ. އެގޮތުން ޖަޕަނީސް އަލްކަހޯލް ވިއްކާ ތަނެއް ވާއިރު ނައިޓް މާރކެޓެއް ވެސް ހިމެނިގެން ދެއެވެ. އަދި އެކި ގައުމުތަކުގެ މަސްހޫރު ކެއުން ވެސް ލިބިގެން ދެއެވެ.
ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ ސައުތް އަރި އަތޮޅު ލަކްސް ރިސޯޓް އެންޑް ސްޕާ ގައި ބޭނުން ކުރާ ކޮފީ އަކީ އެމީހުން އަމިއްލައަށް ތައްޔާރު ކުރާ ކޮފީ ބީންސް އިން ހަދާ ކޮފީ ކަމެވެ. އަދި ޕްރައިވެޓް ސިނަމާއެއްގެ އިތުރުން، މެޖިކަލް ވިސިންގް ޓްރީގައި ބޭނުންވާ ކަންކަން ލިޔުމުގެ ފުރުސަތު ލިބިގެން ދެއެވެ.