ޝާރލޮޓް ޓިލްބަރީ ބްރޭންޑުގެ ކޮސްމެޓިކްސްތަކަކީ ލޯންޗުކުރި ދުވަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުގައި އެތަކެއް ބައެއްގެ ތެރެއިން މަޝްހޫރުވެގެން ދިޔަ ބްރޭންޑެކެވެ. މި ބްރޭންޑުގެ މޭކްޕްތަކަކީ އަގުބޮޑުވިކަމުގައި ވީނަމަވެސް އަގުހުރި އެއްޗެއްކަން ސާބިތުކޮށްފައިވެއެވެ. މީގެތެރެއިން އެންމެ ބޮޑަށް މަޝްހޫރުވެގެންދިއައީ މި ބްރޭންޑުގެ ޕިލޯ ޓޯކް ލިޕްސްޓިކްތަކެވެ. ޝާރލޮޓް ޓިލްބަރީ ޕިލޯ ޓޯކް ލިޕްސްޓިކަކީ 3 ޝޭޑް ހިމެނޭ ލިޕްސްޓިކެކެވެ.
ޕިލޯ ޓޯކް: ޝޭޑް އޮރިޖިނަލް
ޕިލޯ ޓޯކް: ޝޭޑް މީޑިއަމް
ޕިލޯ ޓޯކް: ޝޭޑް އިންޓެންސް


ޝާރލޮޓް ޓިލްބަރީ ލިޕްސްޓިކުގެ އެންމެ ރަނގަޅު އަދި ތަފާތު ކަމަކީ އެއީ 'ލައިޓްވެއިޓް' ޕްރޮޑަކްޓަކަށްވެފަ މުޅި ދުވަހު ތުންފަތް ހިކިޔަ ނުދީ މޮއިސްޗަރ ދަމަހައްޓައިދޭކަމެވެ. ނަމަވެސް މި އަގުބޮޑު ލިޕްސްޓިކަކީ އެންމެނަށް ފަސޭހައިން ގަނެވެން ހުންނާނެ އެއްޗެއް ނޫންކަމުން އެއާ ގާތްކުރާ ޝޭޑްތަކުގެ ލިޕްސްޓިކުތައް ތިރީގައި އެވަނީއެވެ.
މިލާނީ ކަލަރ ފެޓިޝް މެޓް ލިޕްސްޓިކުގެ ޝޭޑް: ސީކްރެޓް
މިލާނީ ބްރޭންޑުގެ އެންމެ ފުރިހަމަ ނޫޑް ލިޕްސްޓިކަކީ "ސީކްރެޓް" ޝޭޑްގެ މި ލިޕްސްޓިކެވެ. މިއަކީ އެންމެ މޮޅު މަޑު ވެލްވެޓުގެ މެޓް އަދި ތުންފަތަށް ފަސޭހަކަން އިހުސާސްކޮށްދޭ ލިޕްސްޓިކެކެވެ. މި ލިޕްސްޓިކުގެ ޔުނީކް ފޯމިލުއާގެ ސަބަބުން ގިނަ ގަޑިއިރުތަކަށް ތުންފަތުގެ ތެތްކަން ދަމަހައްޓައިދީ، ތުންފަތް ހައިޑްރޭޓްކޮށް އޮމާންކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.

ރެވްލޯން ސުޕަރ ލަސްޓްރަސް ދަ ލަޝަސް މެޓްސް ލިޕްސްޓިކުގެ ޝޭޑް: ޕިކް މީ އަޕް
މީގެ މޮއިސްޓަރައިޒިންގް ފޯމިއުލާގައި ވަގުތުން ތުންފަތް އޮމާންކޮށްދީ ހައިޑްރޭޓްކުރުމަށްޓަކައި އަގާވޭ، މޮރިންގާ ތެޔޮ، އަދި ކުޕުއަކޫ ބަޓަރުގެ އެންމެ މޮޅު ބޮޓޭނިކަލް ބްލެންޑެއް އެކުލެވިގެންވެއެވެ.

ލޯރިއާލް ކަލަރ ރިޗް ނޫޑް ލިޕސްޓުގެ ޝޭޑް: ނޫ އިމްޕަރޓިނެންޓް
ލޯރިއޭލްގެ މި ލިޕްސްޓިކަކީ ތުންފަތް ހިއްކިޔަނުދޭ ސްމަޖް ޕްރޫފް އަދި މުޅި ދުވަހަށް ދަމަހައްޓައިދޭ ލިޕްސްޓިކެކެވެ. މި އެކްސްކްލޫސިވް ސިލުއެޓް ބުލެޓް ލިޕްސްޓިކުން ތުންފަތަށް އެންމެ ސްވައިޕްއަކުން އޮމާން ގްލައިޑަކާއިއެކު ފުލް ކަވަރޭޖް ލިބޭނެއެވެ.

އެން.ވައި.އެކްސް ޕްރޮފެޝަނަލް މޭކަޕް މެޓް ލިޕްސްޓިކުގެ ޝޭޑް: ޔޫރޯ ޓްރޭޝް
އެން.ވައި.އެކްސް ޔޫރޯ ޓްރޭޝް ލިޕްސްޓިކަކީ ކްރީމް ފިނިޝިންއެއް އެކުލެވޭ ވޯމް ޓޯންގެ މެޓް ލިޕްސްޓިކެކެވެ.

މޭބެލީން ކަލަރ ސެންސޭޝަނަލް ލިޕްސްޓިކުގެ ޝޭޑް: އަލްމަންޑް ރޯޒް
އަލްޓްރާ ހައިޑްރޭޓިންގ ފޯމިއުލާއެއްގެ މި ލިޕްސްޓިކަކީ ހައިޕަރޕިގްމެންޓެޑް (ކުލަ ކަޅު) ތުންފަތްތަކަށް ވަރަށް ގުޅޭނެ ލިޕްސްޓިކެކެވެ.

މެކް ކޮސްމެޓިކްސް އެމްޕްލިފައިޑް ލިޕްސްޓިކުގެ ޝޭޑް: ކޮސްމޯ
މިއީ 8 ގަޑިއިރުގެ ދިގު މުއްދަތަކަށް މޮއިސްޗަރ ހިފަހައްޓައިދޭ އަދި މޮއިސްޓްރައިޒޭޝަން މެދުވެރިކޮށް ތުންފަތުގެ ރޮނގުތައް އޮމާންކޮށްދޭ ލިޕްސްޓިކެކެވެ.


