ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި ފުރަތަމަ ފަހަރަށް އެވޯޑު ނައިޓެއް ބާއްވާ މުވައްޒަފުންގެ އަގު ވަޒަން ކޮށްފި އެވެ.
"ސްޓާފް އެވޯޑް" ގެ ނަމުގައި ދަރުބާރުގޭގައި ބޭއްވި މި ހަފުލާގައި އެ ކުންފުނީގައި ހީވާގި ކަމާއެކު މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަނީ ވަޒަން ކޮށްފަ އެވެ.
އެ ވޯޑު ލިބުނު މުވައްޒަފުންގެ ތެރޭގައި:
- ގޮޓް ދެޓް އެކްސްޓްރާ މައިލް އެވޯޑް: ސާވިސް ސަޕޯޓް ޓެކްނީޝަން، މުހައްމަދު ޖަލީލް
- ސާވިސް އެކްސަލަންސް އެވޯޑް: ޕާމަސީ ކޯޑިނޭޓާ، ލުބުނާން އިބްރާހިމް
- ސޭލްސް ފްރަންޓް ރަނާ އެވޯޑް:ސޭލްސް ކޯޑިނޭޓާ، އަބްދުﷲ އިހްސާން
- ޓީމް ޕްލެޔާ އެވޯޑް: ސީނިއާ އައިޓީ ސަޕޯޓް ސްޕެޝަލިސްޓް، ހާމިދު ސައީދު
- މީގެ އިތުރުން ބްރިލިއަންސް އެވޯޑާއި، އެޑިއުކޭޝަނަލް އެޗީވްމަންޓް އެވޯޑާއި، އައުޓްސްޓޭންޑިން އިނޮވޭޓާ އެވޯޑް ވެސް ވަނީ ދީފަ އެވެ. އަދި ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑާއި، ހައިޕާ ހެލްޕަރ އެވޯޑާއި، ސްޕޯޓްސް ސްޓާރ އެވޯޑް އަދި އެމްޕްލޯއީ ޗޮއިސް އެވޯޑު ވެސް ވަނީ ދީފަ އެވެ.
- މި އެވޯޑަށް މީހުން ހޮވާފައިވަނީ، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުރިހާ މުވައްޒަފުންނަށް ދިނުމަށްފަހު އެވެ. ޝަރުތުތަކުގެ ގޮތުގައި ނޮމިނޭޓްވާ މުވައްޒަފަކީ 2021، ސެޕްޓެމްބަރު 1 އިން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ 31 އަށް އެ ކުންފުންޏަށް ހިދުމަތް ކޮށްފައިވާ ފަރާތަކަށް ވާންޖެހުމާއި ނަން ހުށަހަޅާ ތާރީހުގައި، އެ މުވައްޒަފަކީ، ކުންފުނީގެ ފުލްޓައިމް މުވައްޒަފަކަށް ވުން ހިމެނެ އެވެ.
މި އެވޯޑުތަކަށް މުވައްޒަފުން ނޮމިނޭޓް ކުރުން ކުރިއަށް ގެންގޮސްފައި ވަނީ ހާއްސަ ޕޯޓަލަކުން ކަމަށާއި ނޮމިނޭޝަނަށް ހުޅުވާލެވުނު މުއްދަތުގައި 598 ނޮމިނޭޝަން ލިބިފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
އެވޯޑުތަކަށް ނޮމިނޭޓްވެފައިވާ މުވައްޒަފުންގެ ނަންތައް އިވެލުއޭޓު ކުރީ އެކަމަށް ހާއްސަ ކޮމިޓީއަކުން ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.
އެ ކުންފުނިން ބުނީ ސްޓާފް އެވޯޑްސްގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށްވޔރެ އިތުރުވެ، މަސައްކަތުގެ މާހައުލުގައި އިތުރަށް ޒިންމާދާރުވާނެ ކަމަށެވެ.
