ކައިލާންއިން ހޯލްސޭލްކޮށް މުދާ ގަނެގެން 1 ކޭސް ބޮޑީ ސްޕްރޭ ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ހިނގާ އޮކްޓޯބަރ 15 ވަނަ ދުވަހުން ފެށިގެން 2020 ނޮވެމްބަރ ގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި، ކައިލާން އިން ހޯލްސޭލްކޮށް މުދާ ގަންނަ ފަރާތްތަކުގެ ތެރެއިން -/5000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް، ބޮޑީ ސްޕްރޭ ކޭހެއް ހިލޭ ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރުވާ ކޮންމެ -/5000 ރުފިޔާއަކަށްވެސް ހަމަ އިތުރު ބޮޑީ ސްޕްރޭ ކޭހެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ހޯލްސޭލް ކަސްޓަމަރުންނަށް ހިލޭ ލިބިވަޑައިގަންނަވާ ޕްރޮޑަކްޓް ތަކުގެތެރޭގައި ހިމެނެނީ ކައިލާން ފިހާރައިގައި މިހާރުވެސް ވަރަށް ބާރަށް ހޯލްސޭލްކޮށް ވިކެމުންދާ ޕްރޮޑަކްޓް ތަކުގެ ތެރޭގައި ހިމެނޭ ބެކް، އީސީ ވަން ގެ ސްޕޯރޓްސް ރޭންޖް، އިގޯ، ސީކްރެޓް އޮފް ލޭޑީ، ސަބާޔާ ފަދަ ޕްރޮޑަކްޓްތައް ހިމެނޭ ގޮތަށް 9 ވައްތަރެއްގެ ބޮޑީ ސްޕްރޭ އެވެ. -/5000 ރުފިޔާއިން މަތީ ކޮންމެ ހޯލްސޭލް ވިޔަފާރިއަކަށް އޭގެތެރެއިން އެ ކަސްޓަމަރެއް ހިޔާރު ކުރާ ކޮންމެވެސް އެއް ވައްތަރަކުން ކޭހެއް ލިބިލައްވާނެއެވެ. އަދި ހަމަ އެއާއެކު ވަރަށް ބާރަށް ވިކެމުންދާ ޕޮކެޓް ޕާރފިމްވެސް މި ޕްރޮމޯޝަންގެ ދަށުން ހިލޭ ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކައިލާންގެ ހޯލްސޭލް ކަސްޓަމަރުން ކޮންމެ ރަށެއްގައި ހުރެގެންވެސް ކައިލާންގެ ހޯލްސޭލް ސެންޓަރ ނަންބަރ 7986474 އަށް ގުޅާލުމުން އެ ކަސްޓަމަރެއް ގަންނަން ބޭނުންވާ ޕްރޮޑަކްޓްގެ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. އަދި އެދިވަޑައިގަންނަވާ ތާކަށް އަދި ބޯޓަކަށް ހިލޭ ގެންގޮސްދެވޭނެއެވެ. ކައިލާން ހޯލްސޭލް ސެންޓަރ ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ.