ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި މިހާރު ހުރި ނެރު ފުންކުރުމުގެ މަސައްކަތާއި ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށެވެ. ެއަދި އެއްގަމުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމާއި، ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށާއި މުޅި ޖުމްލަ 93 ޕަސެންޓް މަސައްކަތްތައް ވަނީ ނިމިފައި ކަމަށް ވެސް ބުންޏެވެ.

މި މަޝްރޫޢަކީ 69.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.