2012 ވަނަ އަހަރުގައި ބަންގްދޭސް ގައި 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރުމުގައި ޝާމިލްވި 5 މީހުން މަރަން އެގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ. މި ހުކުމް ކޮށްފައިވަނީ ބަންގްލަދޭސް ގެ އުތުރުގެ ރަށެއް ކަމުގައިވާ ޓެންގޯލް ޑިސްޓްރިކް ގެ ކޯޓުން ބުރާސްފަތި ދުވަހު، މިކަހަލަ ކަންކަމަށް ހާއްސަ ކޮށް ހެދިފައިވާ ޓްރައިބިއުނަލް އިން ބޭއްވި އަޑުއެހުމުގައިއެވެ.

 ޕްރޯސިކިއުޓާ ނާސިމް އަހްމަދު ވިދާޅުވި ގޮތުގައި އެއަންހެން ކުއްޖާ ރައްޓެހިވެގެން އުޅުން ކުއްޖާ ވަނީ އެ އަންހެން ކުއްޖާ ކޯރެއް ގެ ކައިރިއަށް ގެންގޮސް ފިރިހެން ކުއްޖާ ގެ އިތުރު 4 ރައްޓެހިންނާއި އެކުވެގެން މި އަންހެން ކުއްޖާ ރޭޕް ކޮށްފައިއެވެ. މީ ބަންގްލަދޭސް ގެ ބޮޑު ވަޒީރު ސޭޙް ހަސީނާ މިހަފްތާ ގެ ތެރޭގައި އަލަށް ހެދި ރޭޕް ކުރާމީހުން މެރުމާއި ބެހޭ ގާނޫނު ހެދިފަހުން ކުރެވުނެ ފުރަތަމަ ހުކުމެވެ.

މިދިޔަ ހަފްތާގައި ވަނީ ބަންގްލަދޭސް ގެ އެކި އަވަށް ތަކުގައި އެތައް ބައިވަރު މުޒާހަރާ ތަކެއް ކޮށްފައިއެވެ. މި މުޒާހަރާތައް ފެށެން ޖެހުނީ މިދިޔަ ހަފްތާ ގައި ލީކް ވެގެން ދިޔަ ވީޑިޔޯ އަކުން ފެނިގެންދިޔަ މަންޒަރުތަކެއް ގެ ސަބަބުނެވެ. މި ވީޑިޔޯ އިން ފެނިގެން ދަނީ ފިރިހެނުން ތަކެއް ހުސްގަޔާ ތިބެ އަންހެނަކަށް ހަމަލާ ދެމުންދާ މަންޒަރެވެ.

މިދިޔަ މަހު ވެރިކަން ކުރާ ޕާޓީ ގެ ދަރިވަރުންގެ ވިންގްގެ ދަރިވަރުންތަކެއް ހައްޔަރު ކޮށްފައިވަނީ އެކި ރޭޕް ކޭސް ތަކާއި ގުޅުމެއް އޮތް ކަމަށް ޝައްކު ކުރެވިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.  މިއަހަރުގެ ފުރަތަމަ 9 މަސް ތެޜޭގައި ވަނީ  208 ރޭޕް ކޭސް ފުލުހުންނައް ހުށަހެޅިފައިވެއެވެ. މުޒާހަރާ ގެ ބައިވެރިން ސަރުކާރަށް ގޮވާލަމުން  ދަނީ ރޭޕް ކޭސް ތަކުގެ ޝަރީޔަތް ވީހާވެސް އަވަސް ކޮށްދީ، ރޭޕް ކުރާމީހުންނަށް ހައްގު އަދި ހަރުކަށި އަދަބު ދިނުމަށެވެ

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ހަރަކާތްތެރި ވަމުންދާ ޖަމިއްޔާ ތަކުން ބުނަމުން ދަނީ މަރުގެ އަދަބަކީ ހައްލެއް ނޫން ކަމަށާއި މިކަމަކީ އަންހެނުންނައް ކުރިމަތި ވާ އަނިޔާތައް ސިއްރުކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅެއް ކަމަށެވެ.