ފިނެސްގެ "އިޔަރ އެންޑް ސްޓޮކް ކްލިއަރެންސް" ޕްރޮމޯޝަން، ފަންސާސް ޕަސެންޓްގެ ޑިސްކައުންޓާއެކު ކުރިއަށްދާ މި ޕްރޮމޯޝަން ހާއްސަ ކޮށްލެވިފައިވަނީ ކުޑަކުދިންނާއި ފިރިހެން ބޭފުޅުންގެ ބޫޓުތަކަށެވެ.

ފެންވަރު ރަނގަޅު ރީތި ބޫޓު، އަތް ދަބަސް ފަދަ ތަކެތި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި މަގުބޫލުކަށް ހޯދައިފައިވާ ފިނެސްގެ މި ޕްރޮމޯޝަން ކުރިއަށްގެންދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށެވެ.

އާ އަހަރާދިމާކޮށް ފިރިހެން ބޭފުޅުންގެ ބޫޓުތައް އާ ކޮށްލުމަށް ނުވަތަ އާ އަހަރުގެ ހަދިޔާއަކަށް ހެޔޮ އަގުގައި ފެންވަރު ރަނގަޅު ބޫޓެއް ފިރިހެން ބޭފުޅަކަށް ދޭން ބޭނުންވާ ފަރާތްތަކަށް މި ޕްރޮމޯޝަން ވެގެންދާނީ ރަނގަޅު ފުރުސަތަކަށެވެ.

މާލެ އަދި ހުޅުމާލޭގައި ފިނެސްގެ ދެ އައުޓްލެޓުން ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނައިރު މި ފަހަރުގެ މި ޕްރޮމޯޝަން ކުރިއަށްދާނީ ހުޅުމާލެ ލަންސިމޫ މަގުގައި ހުންނަ ފިނެސްގެ އައުޓްލެޓުންނެވެ.

މި ޕްރޮމޯޝަން ފަށައި ފިނެސްއިން ވަނީ އަންހެން ބޭފުޅުންގެ ބޫޓު، ދަބަސް އަދި ޖުވެލަރީސް އަށް ހާއްސަކޮށްގެންވެސް އަންނަ ޖެނުއަރީމަހު ޕްރޮމޯޝަނެއް ފެށުމަށްވެސް ތައްޔާރުވެފައެވެ.

އެކި ޕްރޮމޯޝަންތަކާއެކު ކަސްޓަމަރުންނަށް ނިއުއިއާ ޝޮޕިން ކޮށްލުމަށް ހުޅުވާލި މިފުރުސަތާއެކު ފިނެސްއިން އައު އަހަރަށް މަރުހަބާ ކިއައެވެ. 
ފިނެސްއިން ކުރިއަށްގެންދާ ޕްރޮމޯޝަން، އަދި އަޕްޑޭޓްތައް ފިނެސްގެ ފޭސްބުކް ޕޭޖް https://www.facebook.com/Finessemv/ އަދި އިންސްޓަގްރާމް ޕޭޖް https://www.instagram.com/finessemv/ މެދުވެރިކޮށް ބައްލަވާލެވޭނެއެވެ.