ދިރާގު 2023 ކަލަންޑަރު – #InspiredConnections ލޯންޗުކޮށްފި އެވެ. 

މި ކަލަންޑަރު ލޯންޗުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ހަފްލާއެއްގަ އެވެ.

ދިރާގުގެ 2023 ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތަފާތު ބާރަ މީހެއްގެ ވާހަކައެވެ. މިއިން ކޮންމެ ވާހަކައެއްވެސް ދައްކުވައިދީފައިވާނީ ތަފާތު ކުލަގަދަ ކުރެހުންތަކަކާއި މިއުޒިކާ އެކު އޭ.އާރް (އޮގްމެންޓެޑް ރިއަލިޓީ) މެދުވެރިކޮށެވެ. މި ކަލަންޑަރު ބިނާކުރެވިފައިވާނީ ތިމާވެއްޓާއި، ބަހާއި އަތްތެރި މަސައްކަތާއި މިއުޒިކް، މި ހަތަރު މައުޟޫއަށެވެ. ކަލަންޑަރުގައި ހިމަނާފައިވާ ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް ނޭނގި، ނަމަވެސް ކޮންމެވެސް ގޮތަކުން އެމީހެއްގެ ދާއިރާއިން ގުޅިފައިވާ މީހުންނެވެ. 

"އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ ގުޅުން. އެގޮތުން މި ކަލަންޑަރުގެ ޒަރިއްޔާއިން އަޅުގަނޑުމެން ފާހަގަކޮށް އަގުވަޒަންކުރަން ބޭނުންވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް ގުޅިފައިވާ ހައިރާންކުރުވަނިވި ގޮތްތައް. އެހެންކަމުން ދިރާގު 2023 ގެ ކަލަންޑަރުގެ ޒަރިއްޔާއިން އަޅުގަނޑުމެން އުއްމީދު ކުރަނީ މި ބާރަ މީހުންނެކޭ އެއްފަދައިން ކުރިއަށް އޮތް ޖީލުތައްވެސް އީޖާދީ ކަންތައްތައް ހާސިލްކުރުމަށާއި އައު ގުޅުންތައް ގާއިމުކުރުމަށް ހިތްވަރު ލިބިގެން ދާނެ ކަމަށް." މިއަދުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ޑައިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާ މީހުންގެ ވާހަކަތައް ކޮންމެ މަހެއްގެ ޚާއްސަ ސަފްހާގައިވާ ސްނެޕްޗެޓް ކޯޑް ސްކޭންކޮށްލައިގެން ތަޖުރިބާކޮށްލެވޭނެއެވެ.

ދިރާގުން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަށްވެސް ގުޅުވާލަދީ، އެފަރާތްތަކުގެ އަގު ވަޒަންކުރުމަށެވެ.