އުމުރުން ދުވަސްވުމަކީ ގުދުރަތީ ކަމެކެވެ. ނަމަވެސް ބައެއް މީހުން އަވަހަށް މުސްކުޅިވެ އަނެއް ބަޔަކު ޒުވާންކަންމަތީ ތިބުމުގެ ފަހަތުގައި އެތައް ކަމެއް ވެއެވެ. އެންމެ ބޮޑު ބަދަލެއް އަންނަނީ ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓޭ ގޮތަކުންނެވެ. އެހެންކަމުން މިފަދަ ބައެއް ވައްޓަފާޅިއަށް މިއަދު ބަލާލާނަމެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ އެންމެ މުހިންމު ކަމަކީ ބައެއް މީހުންނަކީ އެމީހުންގެ އާއިލާގެ ތެރެއިން ވާރުތަވެގެން ނުވަތަ ގުދުރަތީ ގޮތުން ހަށިގަނޑު އުފެދިފައި ހުންނަގޮތުން، ކޮންމެ ގޮތަކަށް އަމަލުތައް ބެހެއްޓިޔަސް އެއިން އަސަރެއް ނުކުރާ މީހުނެވެ.
-
ކަސްރަތު: ގަވާއިދުން ކަސްރަތުކޮށް ޞިއްޙަތު ސަލާމަތުން ފިޓްކޮށް ހުރުމަކީ ޒުވާންކޮށް ހުރުމަށް މުހިންމު ކަމެކެވެ. ކަސްރަތުގެ ގޮތުގައި ހަފްތާއަކު 150 މިނިޓް ހިނގާލާ، އާދައިގެ އެއިރޮބިކްސް އެއް ހަދާ، ޔޯގާ ހަދާ، މާޝަލް އަރޓްސް ގައި ހަރަކާތްތެރިވެ، ކުޅިވަރެއް ކުޅެ ނުވަތަ ނެށުންވެސް ބެލެވެއެވެ. ހެލިފެލިވެ އުޅުމަކީ ލޭހިނގުން ރަގަޅުވެ، ހަޖަމްކުރުމުގެ ނިޒާމް ހަމައަކަށް އެޅި، ހިތުގެ މަސްތައް ވަރުގަދަވެ ހަށިގަނޑުގައި ހުންނަ ވިހަ ބޭރުވާނެކަމެކެވެ. މިކަންކަން ރަގަޅަށް ހުންނަ މީހާ ޒުވާންކޮށް ހުންނާނެއެވެ.
-
ދުންފަތުގެ އިސްތިޢުމާލުކުރުން: ތިމާގެ ހަށިގަނޑަށް ގެއްލުންދޭން ކުރޭވޭނެ އެންމެ ބޮޑު އެއްކަމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމެވެ. ސިގިރެޓުގައި، ވިހައެއް ކަމަށްވާ ކާބަން މޮނޮކްސައިޑްގެ އިތުރުން ކެންސަރަށް މަގުފަހި ކުރުވާ 4،000 މާއްދާ ހިމެނެއެވެ. ދުންފަތުގެ ސަބަބުން ހަންގަނޑަށް ވަރަށް އަވަހަށް ރޫޖެހި މުސްކުޅި ކަމަށް ދައްކާނެއެވެ. ދުންފަތުގެ ސަބަބުން ކަށިތައްބަލިވުމުން ހަށިގަނޑުގެ ބައްޓަމަށް ބަދަލު އާދެއެވެ. އަދި އިސްތަށި ފައިބާ ދަތްތައް ހަލާކުވުމުން އުމުރަށް ވުރެ ދުވަސްވީ ކަމަށް ދައްކާނެއެވެ.
-
ފައިދާހުރި ކާނަ ކެއުން: ރަގަޅު ގުދުރަތީ ކާނާއަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އެންމެ ބޮޑު އެހީތެރިކަމެއްލިބޭ އެކައްޗެވެ. އަދި ތައްޔާރީ ކާނާއިން މީހާގެ ސިއްޙަތު ހަލާކުކޮށް، ވަރުބަލި އަދި ދުވަސްވީކަމަށް ދައްކާނެއެވެ. އެކަށީގެންވާ ރަގަޅު ކާނާ ނުކާނަމަ އެއީ އެކި ބަލިތަކަށް ދެވޭ ދަޢުވަތެކެވެ. ބަލިވުމަކީ އެންމެ ފަސޭހައިން ދުވަސްވީ ކަމަށް ފެންނަ ސަބަބެވެ.
-
މާގިނައިން އަވީގައި އުޅުން: ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ލިބެނީ އަވިންނެވެ. ނަމަވެސް މާގިނަވަގުތު އަވީގައި އުޅޭނަމަ އެންމެ ފުރަތަމަ ގެއްލުން ލިބޭނީ ހަންގަނޑަށެވެ. މީގެ ސަބަބުން ހަމުގެ ސެލްތައް ހަލާކުވެ، ހަމުގައި ލަށްޖަހާ، ހަމުގައި ރޫޖެހި ހަންގަނޑު އެލޭގޮތްވާނެއެވެ. އޭރުން އެހެރީ މުސްކުޅި ވެފައެވެ.
-
އެކަށީގެންވާ ވަރަށް ފެން ނުބޮވުން: ގަވާއިދުން ކޮންމެ ދުވަހަކު 8-6 ތަށި ފެން ނުބޮވޭ މީހުން މިކަން ކޮށްގެން އަންނަ ބަދަލު ތަޖުރިބާ ކޮށްލާށެވެ. ކޮސްވާވަރުގެ އެދެވޭ ނަތީޖާ ފެންނާނެއެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގެ މަސައްކަތް ބަރާބަރަށް ކުރިއަށް ގެންދިއުމަށް ފެނަކީ ވަރަށް މުހިންމު އެއްޗެކެވެ. ފެންމަދުވާ ނަމަ އޭގެ އަސަރު ވަރަށް ފަސޭހައިން ހަންގަނޑުން ފެންނަން ފަށާނެއެވެ.
ބަލާބެލުމަށް އުމުރުގެ ތަފާތު ބޮޑު ބައެއް ފަންނާނުންގެ ފޮޓޯ ހިމަނާލާނަމެވެ.

ވިލް ސްމިތު، ޓެރީ ކްރޫސް، 48 އަހަރު

ޓޮބީ މެކުއަޔަރ، ކްރިސްޓިއަން ނާރން، 41 އަހަރު

ތޯމަސް ބްރޯޑީ، ހައްފޯ ބިއޮންސެން، 26 އަހަރު

ސިލްވެސްޓަރ ސްޓެލޯން، ޓޮމީ ލީ ޖޯންސް، 70 އަހަރު

ސްކޮޓް ކޯހެން، ސަމީ ނަސޭރީ، 54 އަހަރު

މެޓް ޑެމޮން، ސިމޯން ޕެގް، 46 އަހަރު

ލާނާ ޑެލް ރޭ، ކީރާ ނައިޓްލީ، 31 އަހަރު

ޖޯން ޗޯ، ޖީީން ޑުޖާރޑަން، 44 އަހަރު

ފްރެޑްރިކް ޑިފެންތަލް، ޑެނިއަލް ކްރޭގް، 48 އަހަރު

އެމިނެމް، ޑުވޯން ޖޯންސަން، 44 އަހަރު

އެޑްވަރޑް ނޯޓަން، ޖެރާޑް ބަޓްލަރ، 47 އަހަރު

އެޑި މަރފީ، ފޮރެސްޓް ވިޓެކަރ، 55 އަހަރު

ޗަކް ނޮރީސް، މައިކަލް ގެމްބޮން، 76 އަހަރު

ބްރެޑް ޕިޓް، ޑީން ނޮރިސް، 52 އަހަރު

އޮޑްރިއަލް ޕޯލް، ހިއު ލޯރީ، 57 އަހަރު
